ފުޓްސަލް ހަމަނުޖެހުމުގައި މެމްބަރު ހަސަންޓޭއަށްވެސް އަނިޔާވި!

ފުޓްސަލް ހަމަނުޖެހުމުގައި މެމްބަރު ހަސަންޓޭއަށްވެސް އަނިޔާވި!

Author
ޢަލީ އާދަމް
14 ނޮވެމްބަރ 2022 08:37
0

ރ. އަތޮޅު ފުޓްސަލް ޗެލެންޖުގައި އިއްޔެ ހިނގި ހަމަނުޖެހުމުގައި ރ.އިނގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޙަސަން އަޙްމަދު (ހަސަންޓޭ)އަށްވެސް ބަޔަކު ޙަމަލާ ދިނުމުގެ ސަބަބުން އަނިޔާވެއްޖެއެވެ.

އިއްޔެ ހަމަނުޖެހުން ހިނގީ އެއަތޮޅު އިނގުރައިދޫ އަދި ދުވާފަރު ބައްދަލުކުރި މެޗުގައި ދެރަށު ސަޕޯޓަރުންގެ މެދުގައެވެ. ހަސަންޓޭއަށް އަނިޔާވީ އިއްޔެ ހިނގި މިހަމަނުޖެހުމުގެ ތެރެއިންނެވެ. މިހަމަނުޖެހުންތައް ހިނގިއިރު ހަސަންޓޭ ހުންނެވީ އެސަރަހައްދުގައެވެ. ހަސަންޓޭއަށް އަނިޔާވިޔަސް އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭވަރުގެ ހާނީއްކައެއް ނުވެއެވެ.

މި ހަމަނުޖެހުމުގައި 12 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އޭގެތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. މިއީ މިފަދަ ކުޅިވަރު މުބާރާތެއްގައި ރާއްޖޭގެ ރަށެއްގައި މިފަހުން ހިންގި އެންމެ ބޮޑު އެއް ހަމަނުޖެހުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.