ލ.އަތޮޅާއި ތ.އަތޮޅުގެ މަސްވެރިން އިހްތިޖާޖުކުރަނީ

ލ.އަތޮޅާއި ތ.އަތޮޅުގެ މަސްވެރިން އިހްތިޖާޖުކުރަނީ

ގުޅުންހުރި

މަސްކިރުވާފައި ފައިސާ ނުދޭ މައްސަލައާއި އެނޫންވެސް މަސްވެރިންނަށް ދިމާވެފައިވާ އެތައް މައްސަލައަކާހުރެ ނ.އަތޮޅާއި ލ.އަތޮޅުގެ މަސްވެރިން އިހުތިޖާޖުކުރަން ފަށައިފިއެވެ.

މިހާރު އިހްތިޖާޖުގައި ބައިވެރިވާ ބައެއް މަސްވެރިންގެ ފަރާތުން މަޢުލޫމާތުލިބޭގލޮތުގައި މިވަގުތު މިސަރަޙައްދުތަކުގެ މަސްވެރިންގެ މައިގަނޑު މައްސަލައަކީ ނ.މަނަދޫ ފިޝަރީޒް ކޮންޕްލެކްސްއިން މަސްވެރިންނަށް ފައިސާ ނުދިނުމެވެ. މިހާރު ފައިސާނުދޭތާ މަސްދުވަހަށްވުރެ ގިނަވެފައިވާކަމަށް ބައެއް މަސްވެރިން ބުނެއެވެ.

ލ.އަތޮޅުގެ މަސްވެރިން ދަނީ މާންދޫގައި އިހުތިޖާޖުކޮށް އަޑުއުފުލަމުންނެވެ. އެމީހުން ވަނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރު ފެއިލްވެފައިވާކަމަށް ބުނެ، ފިޝަރީޒް މިނިސްޓަރުގެ އިސްތިއުފާއަށްވެސް ގޮވަފައެވެ.

ގުރައިދޫ މަސްވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ހާނިމް، އަޮންލައިން ނޫސް ވަގުތަށް މަޢުލޫމާތުދެމުން ބުނެފައިވަނީ މަސްވެރިން މިއަދު ކުރަމުން ދަނީ ސުލްހަވެރި އިހްތިޖާޖެއް ކަމަށާ، މިފަދަ އިހުތިޖާޖެއް ކުރަންޖެހުނީ މަނަދޫ ޕިޝަރީޒް ކޮންފްލެކްސްއަށް މަސްކިރުމަށް ފަހު ފައިސާ ނުލިބޭތާ މަސްދުވަސް ވެފައިވާތީ ކަމަށެވެ. އޭނާ ބުނީ އެންމެ ފުރަތަމަ އެ ތަނުން ހަމަޖައްސާފައި އޮތީ ކޮންމެ 7 ދުވަހަކުން ފައިސާ ދޭގޮތަށްކަމަށެވެ. ދެން 14 ދުވަހަށް ބަދަލު ކުރިކަމަށާ، މިހާރު މަސް ދުވަސްވީއިރުވެސް ފައިސާ ނުލިބޭކަމަށެވެ. ފައިސާ ނުލުބުމަކީ މުޅި މަސައްކަތް ހުއްޓުންކަމަށާ، ދޯންޏަށް ތެޔޮއަޅަންވެސް ފައިސާ ނެތްކަމަށެވެ. މަނަދޫ ފިޝަރީޒް ކޮންފްލެކްސްއިން ތެލާއި އައިސްވެސް މަސްވެރިނަށް ރަނގަޅަށް ނުލިބޭ ކަމަށާ، ހުރިހާ އެއްޗެއް ހުންނާނީ ލިމިޓް ކޮށްފައި ކަމަށް އޭނާ ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ.

ލިބެންޖެހޭ ފައިސާ ނުލިބިގެން 22 ދޯންޏަކުން މިއަދު އިހްތިޖާޖް ކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ