ޑްރަގު އޮޕަރޭޝަނެއްގައި 4 އަންހެނަކާއި، 8 ފިރިހެނަކު ހައްޔަރުކޮށްފި

ޑްރަގު އޮޕަރޭޝަނެއްގައި 4 އަންހެނަކާއި، 8 ފިރިހެނަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
11 ނޮވެމްބަރ 2022 08:24
0

މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި 12 މީހުން ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އާންމު އުސޫލުން ފުލުހުން މަތުވާތަކެއްޗާ ދެކޮޅަށް އެ އިދާރާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފައިވާކަމަށެވެ އޭގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނަކާއި އަށް ފިރިހެނުން ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހުންނަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުމުގެ ތުހުމަތެވެ. މިމީހުން ގެ މައުލޫމާތު ފުލުހުން ހާމަ ނުކުރިނަމަވެސް މީގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބައެއް ތަރިން ހިމެނޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.