ގޯލްޑަން ބޯއީ އެވޯޑް ހާލަންޑްއަށް

ގޯލްޑަން ބޯއީ އެވޯޑް ހާލަންޑްއަށް

ގުޅުންހުރި

ޔޫރަޕްގައި ކުޅޭ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އަހަރުގެ 21 އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ “ގޯލްޑެން ބޯއީ” އެވޯޑް ބޮރޫޝިއާ ޑޯޓްމަންޑާއި ނޯވޭގެ ހުނަރުވެރި ފޯވާޑް އާލިން ބްރައުޓް ހާލަންޑް ހޯދައިފި އެވެ.

މި އެވޯޑަށް ހާލަންޑްގެ ފަހަތުން މިފަހަރުގެ އެވޯޑަށް ޒުވާން ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ވާދަކުރިއެވެ. ހާލަންޑަށް 302 ޕޮއިންޓް ލިބުނުއިރު އެވޯޑުން ދެ ވަނަ ލިބުނު ބާސެލޯނާގެ ހުނަރުވެރި ފޯވާޑް އަންސޫ ފާޓީ ވަނީ 239 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނަ ލިބުނީ 226 ޕޮއިންޓް ލިބުނު ބަޔާން މިއުނިކްގެ އަލްފޮންސޯ ޑޭވީސް އަށެވެ.

ހަތަރު ވަނަ އަށް ދިޔައީ 80 ޕޮއިންޓް ލިބުނު ޖޭޑަން ސަންޗޯ އެވެ. ފިލް ފޯޑެން އަށް ހަތް ވަނަ ލިބުނުއިރު އާސެނަލްގެ ބުކަޔޯ ސާކާ އަށް ލިބުނީ ނުވަ ވަނަ އެވެ. މެންޗެސްޓަރ ސިޓީގެ ފެރާން ޓޮރޭސް 11 ވަނައިގައި އުޅޭއިރު މެންޗެސްޓަރ ޔުނައިޓެޑްގެ މޭސަން ގްރީންވުޑަށް ލިބުނީ 12 ވަނަ އެވެ.

އުމުރުން 20 އަހަރުގެ ހާލަންޑް ވަނީ މިދިޔަ ސީޒަނުގައި ކުޅުނު ހުރިހާ މުބާރާތެއްގައި 44 ލަނޑު ޖަހައިފަ އެވެ. އޮސްޓްރިއާގެ ސާލްޒްބާގްގައި ދައްކަމުން އައި މޮޅު ކުޅުމާ މިއަހަރުގެ ޖެނުއަރީ މަހު ޖަރުމަނު ބޮރޫޝިއާ ޑޯޓްމަންޑަށް އޭނާ ބަދަލުވިއެވެ. އެ ކްލަބަށް ބަދަލުވުމަށް ފަހު މިދިޔަ ސީޒަނުގައި ހާލަންޑް ވަނީ 18 މެޗުގައި 16 ލަނޑު ޖަހައިފަ އެވެ.

މި ސީޒަނުގައި ހާލަންޑް ވަނީ ލީގުގައި މިހާތަނަށް 11 ލަނޑު ޖަހައިފަ އެވެ.  ސީޒަނުގައި ޑޯޓްމަންޑަށް ހުރިހާ މުބާރާތެއްގައި ކުޅުނު 11 މެޗުގައި ހާލަންޑް ވަނީ 15 ލަނޑު ޖަހައިފަ އެވެ.

ގޯލްޑެން ބޯއީ އެވޯޑަކީ އިޓަލީގެ ޓުޓޯސްޕޯޓް ނޫހުން 2003 ވަނަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. މި އެވޯޑަށް ވާދަކުރާ ކުޅުންތެރިންނަށް ވޯޓު ދެނީ ޔޫރަޕްގެ މަޝްހޫރު ބައެއް ގައުމުތަކުގެ ނޫސްވެރިންނެވެ. ނޫސްވެރިއަކު ވެސް ފަސް ކުޅުންތެރިއަކު ހޮވާއިރު ވަކި ތަރުތީބަކުން ކުޅުންތެރިންނަށް ވޯޓު ދޭނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *