އިންޑަސްޓްރިއަލް ޒޯންގައި ދަސްކުރަން ނުދުއްވަން އަންގައިފި

އިންޑަސްޓްރިއަލް ޒޯންގައި ދަސްކުރަން ނުދުއްވަން އަންގައިފި

Author
ޢަލީ އާދަމް
09 ނޮވެމްބަރ 2022 09:33
0

މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވަން ދަސްކުރާ މީހުން އެކަން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުުން ވިދާޅުވީ މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަޙައްދަކީ ބަރު އުޅަނދުތައް ދުއްވާ ސަރަހައްދަކަށް ވާތީއާއި، އިންޑަސްޓްރިއަލް އެކި މަސައްކަތްތައްވެސް ހިނގާ ސަރަޙައްދަކަށް ވާތީ އެތަނުގައި އުޅަނދުތައް ދުއްވަން ދަސްކުރުމަކީ އެންމެ ރައްކާތެރިކަމެއް ނޫންކަމަށެވެ. އެހެންކަމުން ޓްރާންސްޕޯޓު މިނިސްޓްރީންވެސް ވަނީ މިކަން ޙައްލުކުރުމަށް ހުޅުމާލޭގެ 2 ސަރަޙައްދަކުން، ދުއްވަން ދަސްކުރާ މީހުންނަށް ޖާގަތަކެއް ހަމަޖައްސަވާފައިކަމަށް ފުލުހުން ފާހަގަކުރެއެވެ.

އެހެންކަމުން ދުއްވަން ދަސްކުރާމީހުން އެކަންކުރުމަށް ކަމާބެހޭ ފަރާތްތަކުން ޚާއްސަކޮށްފައިވާ ސަރަޙައްދުތަކުގެ ބޭނުން ހިފުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.