ޒައިދު ނަޝީދަށް، އެހެން ޤައުމެއް ތަމްސީލްކުރުމަކީ ލަދުވެތިކަމެއް!

ޒައިދު ނަޝީދަށް، އެހެން ޤައުމެއް ތަމްސީލްކުރުމަކީ ލަދުވެތިކަމެއް!

Author
މުޙައްމަދު ޖިމީ
06 ނޮވެމްބަރ 2022 05:33
0

ދިވެހިންގެ ފަރާތުން މަންދޫބަކު ދިވެހިން ތަމްސީލުކޮށްކޮށް އޮއްވާ އެހެން ގައުމެއް ތަމްސީލު ކުރަން ދިޔުމަކީ ލަދުވެތި ކަމެއްކަމަށް ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ. ޕް ސަމިޓުގައި ރާއްޖޭގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތަމްސީލްކުރައްވަނީ ލަންކާއެވެ. އެކަމުގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް ނަޝީދަށް ވަނީ އަމާޒުވެފައެވެ.

ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވީ، ދިވެއްސަކު، ދިވެހިންގެ ފަރާތުން މަންދޫބަކު ދިވެހިން ތަމްސީލުކޮށްކޮށް އޮއްވާ އެހެން ގައުމެއް ތަމްސީލު ކުރަން ދިޔުމަކީ ލަދުވެތި ކަމެއްކަމަށެވެ. މީގެ ކުރިން ރައީސްކަންވެސްކޮށް މިހާރުވެސް ދައުލަތުގެ އެންމެމަތީ 1 މަގާމް ފުރުއްވަމުންދާ ބޭފުޅެއްނަމަ ކުރުން އެއްގޮތަކަށްވެސް މުނާސަބުކަމެއް ނޫންކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު އަދި ފުންނާބު އުސް ޤާނޫނީ ވަލީކް ޑރ.މުޙައްމަދު މުނައްވަރުވެސް ވަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ.

ޑރ.މުޙައްމަދު މުނައްވަރުވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ވީ ދިވެހިރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އެހެން ގައުމެއްގެ ވަފުދުގައި އެ ގައުމު ތަމްޘީލުކުރައްވަން ވަޑައިގެންކަން ފާހަގަކުރައްވައި "ކޮބައިތޯ ދިވެހި ގައުމު؟ ކޮބައިތޯ ދިވެހި ދައުލަތަށް ވަފާތެރި ވުމަކީ؟" މިހެން ސުވާލުކުރައްވާފައެވެ.

މިވަގުތު ރައީސް ނަޝީދަކީ ދިވެހި ދައުލަތުގެ 3 ބާރުގެތެރެއިން އެއް ބާރުގެ ވެރިޔާއެވެ. އެހެންކަމުން ދިވެހި ދައުލަތް ނޫން އެހެން ދައުލަތެއް ތަމްސީލްކުރުމަށް އެމަނުކުފާނު ބައިނަލްއަޤުވާމީ ފޯރަމެއްގައި ބައިވެރިވެވަޑައިގަންނަވާތީ ސިޔާސީ ބޭފުޅުންނާއި ޤާނޫނީ ބޭފުޅުންނާއި ޢިލްމީ ބައެއް ފަރާތްތަކުގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥ
ނަސީދު އެއީލަދުގަންނަ މީހަކުކަށް އެއްއިރަކުވެސް އެކަކުވެސްގަބޫލުނުކުރާނެ އުފަންވީއިރުވެސް ނެތީބައެއްމީހުންއުފަށްވާއިރު ހަށިގަޑުގާނުހުންނަ އުވެފާގުނަވަށްވެސްހުރޭނުދެންނަސީފުކުރާނެކަމެއްނެތްތަ