ނަސްރުގެ ދުވަހުގެ ޕެރޭޑް ބައްލަވާލެއްވުމަށް މާރިޔާ ކުޅުދުއްފުއްޓަށް

ނަސްރުގެ ދުވަހުގެ ޕެރޭޑް ބައްލަވާލެއްވުމަށް މާރިޔާ ކުޅުދުއްފުއްޓަށް

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2022 04:31
0

ނަސްރުގެ ދުވަހުގެ ޕެރޭޑް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ.

މިއަދު މެންދުރު ކުރީ ކުޅުދުއްފުށި ސިޓީއަށް މިނިސްޓަރު މާރިޔާ ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ މޭޔަރު މުހައްމަދު އާތިފް އާއި ކައުންސިލްގެ މެންބަރުންނެވެ. އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފުވެސް އެ ކަމަނާއަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވެފައިވެއެވެ.

ކުޅުދުއްފުށި ސިޓީގައި ނަސްރުގެ ދުވަހާ ގުޅުވައި މިއަދު އެމްއެންޑީއެފް އިން ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިއަދު ހަވީރު ކުޅުދުއްފުށީ އަމީނީ މަގުގައި، ސިފައިންގެ ޕެރޭޑް އޮވެއެވެ. އަދި މިރޭ ކުޅުދުއްފުށީ "ރަށްމަތި ފަންނު" ބީޗް ސަރަހައްދުގައި ހަވާ އެރުވުމަށްވެސް ހަމަޖެހިފައިވެއެވެ.

މާރިޔާ ކުޅުދުއްފުއްޓަށް ވަޑައިގެންފައިވާއިރު، ނަސްރުގެ ދުވަހާއި ގުޅިގެން ވޭއްވި ޖަލްސާ ބާއްވާފައިވަަނީ ރޭގައެވެ. މާރިޔާގެ މިދަތުރުފުޅުގައި މިއަދުވަނީ ކުޅުއްފުށި ސިޓީ ކައުންސިލާއި ބައްދަލު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ަ ަިމަސްކު
ާތި މިނިސްޓަރު ދައްކަވާ ކޮންމެ ވާހަކައެއްވެސް ދާނީ ހަމަ ދުމަކުން ވަޔަކުން މިސަރުކާރަށް މާލޭގާ ނަސްރުގެ ދުވަސް ފާހަގަ ކުރަން ނުކެރެރުނީމާ އެ ދިއައީ ކުޅުދުއްފުއްޓަށް، ރަޢިސް ބަފާބޭގެ ވާހަކައެއް ނޭގިގެންވެސް ޖަލްސާގާ މީހަކު ދއްކާފާނެތީ ހުސެންއާދަމޭ ކިއައިގެން އެދިއައީ، ބަޑިބުރާސްފަތި ހިންގި މީހުން ފޮރުވަން އޮޅުވާލަން ކޮންމެ ކަމެއް ކުރިއަސް އެއީ ކުރެވޭނެ ކަމެއް ނޫން މިގައުމުގާ އެކަން އޮންނާނެ މިހާރު ޢާކައިވު ކޮށްފާ، މިހާރު މ8ގައުމު މިއޮތީ ރައިއްޔަތުންނާ ގަސްގަހާގެއްސަށް ދާންދެން ބާޣީންގެ އަތްދަށުލާފާ، ފަރަންޖީންނަށް ވިއްކާލާފަ އިނޑިއާގެ އަޅުވެރިންގެ ގތުގާ ހަމަޖައްސާފަ، އެންމެ ކުޑަވެގެން މިގައުމަށް އެތެރެ ކުރާ ކާޑުގެ މިންވަރާ ވައްތަރުތައްވެސް އިންޑިއާއަށް އެނގެންޖެހޭނެ ކަމަށް ބުނެ އެވަރުގެ ލިއުމެއްގާ ވެސް މި ބޭގަރާރު ސަރުކާރުން ސޮއިކޮށްފަ މއެތިބީ، އެހާވެސް މިގަުމު އަޅުވެތި ވެއްޖެ.