އެމްޑީޕީގެ ތަރުޖަމާނަކަށް އަނަސް

އެމްޑީޕީގެ ތަރުޖަމާނަކަށް އަނަސް

Author
ޢަލީ އާދަމް
03 ނޮވެމްބަރ 2022 03:32
0

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ތަރުޖަމާނަކަށް އަނަސް އަބްދުއްސައްތާރު ހަމަޖައްސަވައިފިއެވެ.

އަނަސްއަކީ ކުރިން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމްޑީޕީގެ އިސްތިއުނާފް މަޖިލީހުގެ ރައީސްކަމުގައިވެސް އޭނާ ހުންނެވިއެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރަކަށް އަނަސް ކުރިމަތިލެއްވެވިއެވެ. އެ އިންތިހާބުން އޭނާއަށް ލިބުނީ ނާކާމިޔާބެވެ. އެއާއެކު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ސަރުކާރުން އޭނާ އައްޔަންކުރެއްވިއެވެ.

އެންމެފަހުން އެމްޑީޕީގެ ތަރުޖަމާނަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.