މަނިކޭ މަގޭ ހިތޭ… ، ލަވައިން ޢާންމުންގެ މަޤުބޫލުކަން ހޯދި ސްރީ ލަންކާގެ ލަވަކިއުންތެރިޔާ ޔޮހާނީ ޑިސިލްވާ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މޫސާ (އުއްޗު)އާ ބަދަލުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މިބައްދަލުވުން އޮތީ ކުރެއްދޫ އައިލެންޑް ރިސޯޓްގައެވެ. މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ލިބިފައިވާ ފޮޓޯގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރާއި ކުރީގެ ދިއެފްއެމްގެ ސީއީއޯ މަސްއޫދު ޙިލްމީވެއް ފެނެއެވެ.
ޔޮހާނީ ރާއްޖެއަށް އައިސް އުޅެނީ ބައިސްކޯފުން އިންތިޒާމުކުރި މިއުޒިކް ޝޯއެއްގައި ބައިވެރިވުމަށެވެ. އެޝޯ އޮތީ މިދިޔަ ހޮނިހިރު ދުވަހުގެ ހުޅުމާލޭގައެވެ.
ކޮމެންޓު ފޮނުވާ