ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 68 ޕަސެންޓް ނިންމާލައިފިއެވެ. އެމްޓީސީސީން ބުނީ ބަނދަރުގެ މަސައްކަތުގެ އިތުރުން އެރަށުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ.
ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 68 ޕަސެންޓް ނިމިއްޖެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި.#MTCCProjects #RayyithungeKunfini pic.twitter.com/TSSLZaBIcL
— MTCC Plc (@MTCCPlc) November 2, 2022
ކޮނޮޅަހުގައި މިހާރު އޮތް ބަނދަރަކީ 2008 ވަނަ އަހަރު ތަރައްޤީކޮށްފައިވާ ބަނދަރެކެވެ. ނަމަވެސް ބަނދަރަށް ވެލި އަރައި ބަނދަރު ތިލަވުމުގެ މައްސަލައާއި ވަނީކުރިމަތިލާން ޖެހިފައެވެ. މިކަމުގެ ސަބަބުން ރައްޔިތުން ރަށު ބަންދުގައިވެސް ތިބެންޖެހެއެވެ.
މިކަން ހައްލުކުރުމަށް ކޮނޮޅަހުގައި ބަނދަރު ހެދުމަށް އެމްޓީސީސީއާއި ހަވާލުކުރީ ބަނދަރަށް ޖާގަ އިތުރުކޮށްގެންނެވެ. މިހާރު އެރަށުގައި އޮތީ 400 ފޫޓްގެ ބަނދަރެކެވެ. ބަނދަރަށް އިތުރު ކުރަނީ ބަނދަރުގެ ހުޅަނގުފަރާތުން 360 ފޫޓެވެ. މި މަސައްކަތް ނިމުމުން ފަޅުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
ކޮމެންޓު ފޮނުވާ