ސްޕެނިޝް ލަލީގާގައި މިރޭ ރެއާލްމެޑްރިޑާ ދެކޮޅަށް ނުކުންނައިރު އެޓީމު މާވަރުގަދަކަމަށާއި އެޓީމު ބަލިކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެކަމަށް ވިޔަރެއާލްގެ ކޯޗު އުނާއި އެމްރީ ބުނެފިއެވެ.
މެޗުގެ ކުރިން ވާހަދައްކަމުން އެމްރީ ބުނީ މެޑްރިޑުން މެޗުގައި ނެރޭނީ ވަރުގަދަ ޓީމެއް ކަމަށާއި އެހެންކަމުން ވިޔަރެއާލްއަށް އެކަމުން އުނދޫގޫތަކެއް ކުރާނެކަމަށެވެ. އޭނާ ބުނީ ރަނގަޅު ޕްރީ ސީޒަނެއް ނުލިބުން ހުރީހާ ކުލަބަކަށް ވެސް އޭގެ އުނދަގޫ ފޯރަމުންދާ ކަމަށެވެ.
ޔޫރަޕުގައި ވާދަކުރަމުންދާ ޓިމުތަކަށް ކޮންމެ ތިންދަވަހުކުން މެޗެއް ކުޅެންޖެހިފަވާއިރު ކުޅުންތެރިން ބައެއް މެޗުތަކުގައި އަރާމް ކުރަން ފުރުސަތުދިނުން ނޫންގޮތެއް މިވަގުތު ކުލަބުތަކަށް ނެތްކަމަށް އެމްރީ ބުނެފައިވެއެވެ. މިހެންކުޅެން ޖެހިފަވާއިރު ޓީމަށް ކޮންމެ މެޗެއްގަވެސް ބަދަލުތަކެއް ގެންނަ މަޖުބޫރުވެފަވަކާމަށާއި އެކަމުގެ ސަބަބުން ނަތިޖާއަށް އަސަރުކުރަމުންދާކަމަށް އެމްރީ ބުނިއެވެ.
އެޓީމުގަ މޮޅެތި ވަރުގަދަ ކުޅުންތެރިން އެބަތިބި، މިހެންމެޗު ކުޅޭއިރު ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތުދޭން ޖެހޭ، އެކަމުގެ ސަބަބުން ނަތީޖާ އަށް ގިނަފަހަރު އަސަރުކުރޭ.
– އެމްރީ ބުނެފައިވެއެވެ.
މި ސީޒަނުގައި ވިޔަރެއާލްގެ ކޯޗުގެ ޒިންމާއާ ހަވާލުވި އެމްރީ ބުނީ މެޑްރިޑްގެ ކޯޗު ޒިދާނަކީ އެންމެގެ އިހުތިރާމް ލިބިފަވާ އިތުބާރު ހިފޭ މޮޅު ކޯޗެއްކަމަށާއީ އެހެން ނަމަވެސް ލީގުގައި މާގިނަ ތަށިތަކެއް މެޑްރިޑަށް އޭނާއަށް ހޯދިދާނެކަމަށް ގަބޫލްނުކުރެވޭކަމަށެވެ. އެމްރީ ބުނީ ވިޔަރެއާލްގައި އޮތީ ޒުވާން އަދި ތަޖުރިބާތިބި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ވަރަށް ހަމަހަމަ ސްކޮޑެއް ކަމަށާއި ޒުވާން ކުޅުންތެރިން ހުނަރުވެރި މޮޅުކުޅުމުން އޭނާ އިތުރަށް މޯޓްވޭޓްވާކަމަށެވެ.
މެޗާ ކުރިމަތިލާއިރު ވިޔަރެއާލް ލީގުގެ ދެވަނައިގަ އޮތީ 18 ޕޮއިންޓާއެކުއެވެ. ވިޔަރެއާލްއަށް ވުރެ އެއްމެޗު މަދުން ކުޅެގެން މެޑްރިޑް ހަތަރުވަނައިގަ އޮތީ 16 ޕޮއިންޓާއެކުއެވެ.