ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޖެހިފައިވަނީ ބިޔަ ބޮޑު އިންޑިޔާއާއި: ޔާމީން

ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޖެހިފައިވަނީ ބިޔަ ބޮޑު އިންޑިޔާއާއި: ޔާމީން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޖެހިފައިވަނީ ރާއްޖޭގެ މައްޗަށް އަޅުވެތިކަމުގެ ނުފޫޒުތައް ފޯރުވަމުންދާ އިންޑިއާއާއި ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ނ.އަތޮޅުގެ ރަށްތަކަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ.މަނަދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިޔާގެ ނުފޫޒު ރާއްޖޭގެ އެކިކަންކޮޅުތަކަށް ފޯރައި ރާއްޖޭގެ މިނިވަންކަން ނިގުޅައި ގަންނަމުންދާކަމަށެވެ. އެއްގަމާއި ކަޑާއި ވައިގެ ސަރަހައްދުތައްވެސް އިންޑިއާގެ ނުފޫޒަށް މިއަދު އޮތް ސަރުކާރުން ދީއްލާލަމުންދާތަން ފެންނަކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލާއިރު، އޮތީ 2013ގެ އިންތިޚާބުގައި ވާދަކުރި އިރު ހުރި މައްސަލަތަކަށްވުރެ މާބޮޑެތި މައްސަލަތަކާއި ކަމަށެވެ. މިއަދު ޤައުމުގައި ހުރި މައްސަލަތަކަށްވުރެ ބޮޑީ ޤައުމުގެ މިނިވަންކަމާއި ސިޔާސަތާއި އިސްތިޤުލާލު ނެގެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި، ތަރައްޤީއާއި، އެނޫންވެސް ކަންކަން ކޮށްދެވިދާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް ޤައުމުގެ މިނިވަންކަން ގެއްލިޖިއްނަމަ އެކަން އިޔާދަކޮށްދެވޭނެ ގޮތެއް ނޯންނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ ކެންޑިޑޭޓެއް މި ވާދަކުރަނީ އިންޑިއާގެ ޗީފް މިނިސްޓަރަކާ. މިއީ ދިވެހި ދެ ކެންޑިޑޭޓުންގެ ތެރޭގައި އޮތް ރިޔާސީ އިންތިހާބެއް ނޫން. އިދިކޮޅުގައި މިއޮތީ ބިޔަ ބޮޑު އިންޑިއާ.

– ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރައްވަނީ އިންޑިއާގެ ޗީފް މިނިސްޓަރެއް ކަމަށާއި އެއީ ރާއްޖެ އިންޑިއާގެ އަޅުވެތިވެފައިވާ މިންވަރު ކަމަށެވެ. އަދި، އެފަދަ ވާހަކަތައް ދައްކަން ސަރުކާރަށް ނުކެރޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ ރާއްޖޭގެ މައްޗަށް އިންޑިއާގެ ނުފޫޒު އޮތް މިންވަރު ވަރަށް ރަނގަޅަށް މިޖަލްސާގައި ހިއްސާ ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *