ދިވެހިންގެ ތެރޭގައިެވެސް މަޝްހޫރު ވެގެން ގޮފައިވާ ލަވަ "މަނިކޭ މަގޭހިތޭ"ގެ ލަވައިން މަޝްހޫރުކަން ހޯދާފައިވާ ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑިލޯކާ ޑިސިލްވާ ރާއްޖެ އަތުވެއްޖެއެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މަޝްހޫރުކަންވެސް ހޯދާފައިވާ ޔޮހާނީ ރާއްޖެ އައިސްފައިވަނީ ބައިސްކޯފުން ބާއްވާ "ޗަނާޗާ 2022″ ޝޯގައި ޕާފޯމް ކުރުމަށެވެ. އޭނާ ރާއްޖެ އައުމާއެކު އެއަރޕޯޓުން ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުންވެސް ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.
International hit #ManikeMageyHithe star Yohani @Yohanimusic and team arrive in #Maldives to perform at #Chaanachaa2022 organised by @baiskoaf. We wish her a pleasant experience in the Maldives and thanks all who made her visit possible. pic.twitter.com/mysbWrnCQy
— Ministry of Tourism (@MoTmv) October 27, 2022
ޔޮހާނީ ބުނެފައިވާ ގޮތުގައި މިއީ އޭނާ ރާއްޖެއައި ފުރަތަމަ ފަހަރެވެ. އަދި އޭނާވަނީ ވީހާވެސް ގިނަބަޔަކު ޝޯ ބަލަން ދިއުމަށް އެދިފައެވެ.
"ޗަނާޗާ 2022″ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރއާއި އެރޭއެވެ. މި ޝޯ އިންތިޒާމްކުރާ ބައިސްކޯފުން ބުނެފައިވަނީ، ޝޯގައި 80 އަށްވުރެ ގިނަ ދުވެހު ފައްނާނުންގެ ހުށަހެޅުން ފެނިގެންދާނެ ކަމަށެވެ. ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި، ހޮނިހިރު ދުވަހުގެ 4:00 އިން ހަވީރު 6:00 އަށާއި އެރޭ 8:00 އިން 12:00 އަށެވެ.
މި ޝޯގެ ވީއައިޕީ ޓިކެޓް ވިއްކާ އަގަކީ 999 ރުފިޔާއެެވެ. ޝޯގެ ހަވީރު ދަންފަޅިއަށް ހިލޭ ވަދެވޭއިރު ރޭގަޑު ދަންފަޅިއަށް ވަދެވެނީ 150 ރުފިޔާއަށް ޓިކެޓެއް ގަނެގެންނެވެ.
އުމުރުން 28 އަހަރުުގެ ޔޮހާނީގެ އަޑުގައި އެތައް ބަޔަކު ޖެހުނީ އޭނާގެ އަޑުން ކިޔާފައިވާ މަނިކޭ މަގޭ ހިތޭ ލަވައާއި އެކުގައެވެ. އޭގެ ކުރިންވެސް އޭނާ ލަވަ ކިޔައެވެ. އެހެން ނަމަވެސް މުޅި ދުނިޔޭގެ ސަމާލުކަން އޭނާ އަށް ލިބިދާނެ ކަމަށް އޭނާ އެއްވެސް ވަރަކަށް ހީވެސް ނުކުރެއެވެ. އޭނާ ވަނީ ލަވަތަކުގެ ރަސްކަން ކުރަމުންދާ އިންޑިއާގެ ބޮލީވުޑަށްވެސް ލަވައެއް ކިޔާފައެވެ.
ކޮމެންޓު ފޮނުވާ