ފުރަތަމަ މެޗު މޯހަން ބަގާންއަށް

ފުރަތަމަ މެޗު މޯހަން ބަގާންއަށް

Author
އިބްރާހީމް ސާޢިދު
21 ނޮވެމްބަރ 2020 08:03
0

އިންޑިއަން ސުޕާ ލީގުގެ ފުރަތަމަ މެޗު، އޭޓީކޭ މޯހަން ބަގާންއިން ކާމިޔާބުކޮށްފިއެވެ. އޭޓީކޭއިން މި މެޗު ކާމިޔާބު ކުރީ ކެރެލާ ބްލާސްޓާއާ ވާދަކޮށް އެއް ލަނޑު ސުން ލަނޑުންނެވެ.

އިންޑިއަން ސުޕާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އެތްލެޓިކޯ ޑި ކޮލްކަތާ- އޭޓީކޭއާ އައި ލީގުގެ ޗެމްޕިއަން މޯހަން ބަގާން އެއްކޮށްލައިގެން އުފައްދާފައިވާ އޭޓީކޭ މޯހަން ބަގާންއާއި ކެރެލާ ބްލާސްޓާ ވާދަކުރި މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ ފިޖީގެ ގައުމީޓީމުގެ ފޯވާޑު ރޯއީ ކްރިޝްނާއެވެ.

ކުރިން ހޯމް އެންޑް އަވޭ އުސޫލުން ލީގުގެ މެޗުތައް ކުރިއަށް ގެންދިޔަ ނަމަވެސް މި ފަހަރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެވޭނީ އިންޑިޔާގެ ގޯއާގެ ތިން ސްޓޭޑިއަމެއްގައެވެ.

އިންޑިއާގެ އެގާރަ ސްޓޭޓަކުން އެގާރަ ޓީމު ވާދަކުރާ މި ލީގުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅުމަށް ފަހު އެންމެ މޮޅުވާ ހަތަރު ޓީމެއް ޕްލޭ އޮފް ސެމީ މެޗުތަކެއް ކުޅޭނެއެވެ. ޗެމްޕިއަން ޓީމަށް އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.