ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސީ ވެރިކަމުގެ ދަހިވެތިކަމުގައި ސިޔާސީ ހަމަޖެހުން ނެތުން ކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސައުދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕޮލިޓިކަލް ސްޓެބިލިޓީއަކީ ގައުމުގެ އިގްތިސާދު އަދި އިޖުތިމާއީ އެތައް މަސްލަހަތެއް އޭގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއްކަމުގައެވެ.
Raajje ah dhimaavefa oih enme bodu gonjehumakee verikamuge dhahivethi kamugai siyaasee hama jehun nethun.Political stability akee Qaumuge iguthisaadh adhi ijuthimaai ethah masalahath eyge mahchah binaa vefa onna kameh.Verikan hoadhumah Qaumu ge maslahath iskan dheyn jehey 1/2
— Saudulla Ahmed (@saudullaahmed1) October 26, 2022
ސައުދުގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ވެރިކަން ހޯދުމަށް ގައުމުގެ މަސްލަހަތައް އިސްކަން ދޭންޖެހޭ ކަމަށާއި ދުނިޔޭގެ ބޮޑެތި އިގްތިސާދުތައް އޮތް ބޮޑެތި ބާރުތަކުންވެސް ފެނިގެންދަނީ ޕޮލިޓިކަލް ސްޓެބިލިޓީ ނެތުމުގެ ސަބަބުން އެގައުމުތަކުގެ އިގްތިސާދުތައް ހަލާކުގެ ތެރެއަށް ވެއްޓި، އިންފްލޭޝަން މަތިވެ، ރައްޔިތުން މަގުމައްޗަށް ނިކުންނަމުންދާ ތަން ކަމުގައެވެ.