މާލެއިން ގެއްލިގެން ހޯދި މީހާ އަމިއްލައަށް ގެއަށް އައިސްފި: ފުލުހުން

މާލެއިން ގެއްލިގެން ހޯދި މީހާ އަމިއްލައަށް ގެއަށް އައިސްފި: ފުލުހުން

Author
ޢަލީ އާދަމް
21 ނޮވެމްބަރ 2020 01:02
0

މާލެއިން ގެއްލިގެން ހޯދަމުން ދާކަމަށް ފުލުުހުން ނަން ހާމަކުރި މީހާ އަމިއްލައަށް ގެއަށް އައިސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިހިނގާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދާކަން ފުލުހުން މިރޭ އިއުލާން ކޮށްފައި ވަނީ ބ. މާޅޮސް، ކީސްފިލާ، ޢަބްދުﷲ މުޢާޒު (30އ) އެވެ.

ފުލުހުން ބުނީ އޭނާ ގެއްލިގެން ހޯދަމުން ދާކަން އިއުލާން ކުރިތާ ގަޑީރެއް ހާއިރުތެރޭ އަމިއްލައަށް ގެއަށް އައިސްފައިވާކަމުގެ މައުލޫމާތު އާއިލާއިން ފުލުހުންނާ ހިއްސާކޮށްފައި ވާކަމަށެވެ.

އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 15:45 ގައި ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.