ޓެކްސް ބޮޑުކުރުމުގެ ބިލަށް ވޯޓަށް އަހާނީ މާހިރުން ގެނައުމަށްފަހު: ނަޝީދު

ޓެކްސް ބޮޑުކުރުމުގެ ބިލަށް ވޯޓަށް އަހާނީ މާހިރުން ގެނައުމަށްފަހު: ނަޝީދު

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ވޯޓަށް އަހާނީ ކަމާއިގުޅޭ މާހިރުން މުޅި މަޖިލިސް ކޮމެޓީއަށް ގެނެސް މައުލޫމާތު ސާފު ކުރުމަށްފަހު ކަމުގައި ކޮމެޓީގެ މުގައްރިރު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލުގެ ކޮމެޓީ މަރުހަލާގެ މިއަދުގެ ބަހުސްގައި ވަނީ ހޫނު ޒުވާބުތަކެއް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިނގާފައެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށައެޅުއްވި އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. މި އިޞްލާހު ހުށައެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.

މި ބިލާއިމެދު ކޮމެޓީގައި ވާހަކަފުޅު ދެއްކެވި ގިނަ މެމްބަރުންވަނީ މިބިލު މަޖިލީހުން ފާސް ކުރުމުގެ ކުރިން ކަމާއި ގުޅުންހުރި އިދާރާތަކާއި، އެކިއެކި ސިނާއްތަތަކުގެ ޚިޔާލުވެސް ހޯދުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވެފައެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ކޮމެޓީން އެކަން އެގޮތަށް ފާސް ނުކުރަނީ މުގައްރިރަށް އަމިއްލައަށް ވަކި ގޮތެއް ނުނިންމެވޭނެކަމަށް ވިދާޅުވެފައެވެ.

މިވާހަތަކައި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ކޮމެޓީގެ ރިޔާސަތުގައި އިންނަވައިގެން ކަން ކުރާނީ ޑިމޮކްރަޓިކް އުސޫލުންކަމަށެވެ. އަދި ބިލުގެ މައުލޫމާތު ސާފު ކުރުމަށް ކަމައި ގުޅުންހުރި މާހިރުން ކޮމެޓީއަށް ހާޒިރު ކުރާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޮމެޓީއަށް ހާޒިރު ކުރަން ނިންމާންފައިވާ ފަރާތްތައް:
– މަޓީ
– ފިނޭންސް މިނިސްޓްރީ
– ޗެމްބަރު އޮފް ކޮމާސް
– ގެސްޓްހައުސް އެސޯސިއޭޝަން

ބަހުސްގައި އެމްޑީޕީގެ ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރުން ވަނީ ރައީސް ނަޝީދަށް ހޫނު ރައްދު ތަކެއް ދެއްވާފައެވެ. އެގޮތުން މަޖިލިސް ހިތުހުރި ގޮތަކަށް ހިންގަން ނަޝީދަށް ޖާގަ ނޯންނާނެކަމަށް ވިދާޅުވެ މެމްބަރުންގެ ބަހުގެ ހަމަލާތަކެއް ނަޝީދަށް ވަނީ އަމާޒުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *