ސްޓެލްކޯގެ އިންޖީނުތަކަށް ލޮނުފެން ފޯރުކޮށްދޭ ހޮޅި ފަޅައިގެން ދިޔަ މައްސަލަ ހައްލުކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވީ ބޮޑުތަކުރުފާނު މަގުން ސްޓެލްކޯއަށް ފެން ފޯރުކޮށްދޭ ހޮޅި ފަޅައިގެން ދިޔަ މައްސަލަ ރޭ ދަންވަރު ހައްލުކޮށްފައިވާކަަމަށެވެ. ޝަރީފް ވަނީ އެމައްސލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން އެއްބާލުން ނުދިން މައްސަލައަށްވެސް އަލިއަޅުއްވާލައްވާފައެވެ. ޝަރީފް ވިދާލޫވީ ސްޓެލްކޯއިން އެއްވެސް ސިޔާސީ ވިސްނުމެއްގައި މަސައްކަތް ނުކުރާނެކަމަށެވެ.
ބޮޑުތަކުރުފާނުމަގުން ސްޓެލްކޯގެ ގޭޓް ނަންބަރު 2ކާއި ދިމާލު ތާރަމަގުގެ މެދުން ފެން އަރަމުންދާކަން އެ ކުންފުންޏަށް ފާހަގަކުރެވުމުން ފެން އަރަމުންދާ ސަބަބު ހޯދައި ބެލިއިރު އެ ފެނަކީ އެކުންފުނީގެ އިންޖީނުތައް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއްލިބުމުގެ ސަބަބުން ލީކުވާ ފެންކަންވަނީ އެނގިފައެވެ. އެހެންކަމުން މަގުގެ އަޑިން ލޮނު އަރާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިދިޔަ ބުދަ ދުވަހުގެ ރޭވަނީ ފަށާފައެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑުގެ އަޑީގައި އަޅާފައިވާ ފެން ހޮޅިއަކީ ސްޓެލްކޯއަށް ބޭނުންވާ ލޮނު ފެން ނެގުމަށް އަޅާފައިވާ ހޮޅިއެކެވެ. ސްޓެލްކޯގެ ޑިވޯޓަރިން ހޮޅި ފަޅައިގެންގޮސް އެ ސަރަޙައްދަށް ފެން އަރާ މައްސަލަ ހައްލުކުރުމަށްޓަކައި ސިޓީ ކައުންސިލުން ދީފައިވަނީ 3 ދުވަހުގެ މުއްދަތެކެވެ. އަދި އެމުއްދަތަށް އެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ