ރައީސް ޔާމީން ދެން ވަޑައިގަންނަވާނީ ނ.އަތޮޅާއި އައްޑޫ ސިޓީއަށް

ރައީސް ޔާމީން ދެން ވަޑައިގަންނަވާނީ ނ.އަތޮޅާއި އައްޑޫ ސިޓީއަށް

Author
މުޙައްމަދު ޖިމީ
22 އޮކްޓޯބަރ 2022 06:58
0

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ދެން ވަޑައިގަންނަވާނީ ނ.އަތޮޅަށްކަަމަށް ޕީޕީއެމް އިން ބުނެފިއެވެ. ޕީޕީއެމް އިން ބުނީ ނ.އަތޮޅަށްފަހު ރައީސް ޔާމީން ވަޑައިގަންނަވާނީ އައްޑޫ ސިޓީއަށްކަމަށެވެ.

ރައިސް ޔާމީން ވަނީ ނިމުނު ހަފްތާގައި ހއ.ގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.

 

ހއ. އަތޮޅަށް ޔާމީން ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށް ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ރިޔާސީ މެނިފެންޓޯއަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ލިބުނުކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ނ.އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އިން 28 އަށެވެ. އެ ދަތުރުފުޅުގައި ނ. އަތޮޅުގެ 6 ރަށަކަށް ވަޑައިގަންނަވާނެއެވެ. އެ ރަށްތަކަކީ ކެނދިކުޅުދޫ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫއެވެ.

އަދި މިދަތުރުފުޅުގައި ނ، މަގޫދޫ ޑަބްލިުޑީސީ ބައި އިލެކްޝަންގައި ޕީޕީއެމް އިން ވާދަކުރާ ކެނޑިޑޭޓްގެ ކެމްޕެއިން ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ޕީޕީއެމް އިން ބުންޏެވެ.

ރައީސް ޔާމީން އައްޑޫ ސިޓީއަށް ޔާމީން ވަޑައިގަތުމަށް ހަމަޖެހިފައިވާނީ އަންނަ މަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.