20،000އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފި: މަހްލޫފް

20،000އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފި: މަހްލޫފް

ވިހި ހާހަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ޒުވާނުންނަށް ރައިސް އިބްރާހީމް މުޙައްމަދު ޞާލިޙް ފަހިކޮށްދެއްވާފައިވާކަމަށް ޔޫތު މިނިސްތަރ އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ މަހްލޫފު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޒުވާނުންގެ ދުވަހާއި ގުޅިގެން ކުރި ޓްވީޓެއްގައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ފާހަގަކުރަނީ ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހާއި ގުޅިގެން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތައް ޒުވާނުންނަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަހިކޮށްދީފައިވާކަމަށެވެ. މީގެ އިތުރުން 20،000އަށްވުރެ ގިނަ ޒުވާނުނަނަށް ވަޒީފާގެ ފުރުޞަތާއި، 15000އަށް ވުރެ ގިނ ދަރިވަރުންނަށް ހިލޭ ޑިގްރީ ޕްރޮގްރާމާއި، ކުޅިވަރުގެ ޒަމާނީ ވަސީލަތްތައް ޤާއިމްކޮށްދީފައިވާކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި 474 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯންފަދަ އެތައް ކަމެއް ރައިސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހާސިލުކޮށްދީފައިވާކަމީ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރާއިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުންކަމަށްވެސް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

 

ޒުވާނުންނަށް ފަހިކޮށްދީފައިވާ މި ފުރުޞަތުތަކާއެކު ޤައުމު ބިނާކުރުމަށް ދުރު ރާސްތާގައި ގިނަ ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ބުނެއެވެ.

މީގެކުރިން ޒުވާނުންގެ ދުވަސް ފާހަގަކުރަމުން ގެންދިޔަ ތާރީޚު، އެކިފަހަރުމަތިން ވަނީ ބަދަލުކޮށްފައެވެ. މިގޮތުން، އެންމެ ފުރަތަމަ ޤައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކޮށްފައިވަނީ 1 މާރޗު 1992 ގައެވެ. އޭގެފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް އެއީ ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ގެންދިޔައެވެ. އަދި ފަހުން މި ދުވަސް ފާހަގަކުރަމުން ގޮސްފައިވަނީ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުއެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

One Response

  1. ތިޔަދެވަނީޔާމީނުއުފައްދަވާފަހުރިވަޒީފާާ ކާށިދޫގަވެސްސުޓލްކޮޔަނެގީ
    ޔާމީނުައަޅާފަނަރުދަމާޔައްނެގިމީހުންް ނެގީހުސްް މޑޕ÷ ގެމީހުން
    ނަރުދަމާާ ޔާމީނުު އިސްކޫލުު ޔާމީނުު ފެންް ޔާމީނުު އޭޓީއެމްް ޔާމީންް ނެރު

    ހެދުންޔާމީނ ބެންކުގެގޮޔްފިޔާމިނ ކީކުރާނިދޯޯ ވަޒީފާ
    ޢެންޑީޕީމީހުނާއް
    ޢަޅޭލަދުގަނޭޔްތަ

Leave a Reply

Your email address will not be published. Required fields are marked *