ރައީސް ނަޝީދު ލަންކާގެ ރައީސާއި ބައްދަލު ކުރައްވައިފި

ރައީސް ނަޝީދު ލަންކާގެ ރައީސާއި ބައްދަލު ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2022 10:22
0

ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރައްވަން ހަވާލު ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހައާއި ބައްދަލު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ވޮޝިންގޓަނަށް ކުރެއްވި ދަތުރު ނިންމަވާލައިގައި ރާއްޖެ ވަޑައިގަތް މަގުމަތީގައި ލަންކާގައި މަޑުކުރުމަށްފަހު ވަނީ ލަންކާގެ ރައީސާއި ބައްދަލު ކުރައްވާފައެވެ.

މިބައްދަލުވުމުގެ މާބޮޑު ތަފްސީލެއް މަޖިލީހުންވެސް އަދި ލަންކާ ސަރުކާރުންވެސް ހާމަކޮށްފައި ނުވެއެވެ. ބޮޑަށް ބެލެވެނީ މިބައްދަލުވުމަކީ ރާއްޖެ އައި މަގުމަތީގައި ލަންކާގައި މަޑުކުރައްވަން ބޭނުންފުޅުވުމުން ބޭއްވި ބައްދަލުވުމެއްގެ ގޮތުގައެވެ.

ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރައްވަން ނަޝީދުއާ ހަވާލުކުރައްވިފަހުން ލަންކާއަށް އެމަނިކުފާނުގެ ފަރާތްޕުޅުން މާބޮޑު އެހީތަކެއް ލިބުނުކަމެއް މިހާތަނަށް އެނގިފައި ނުވެއެވެ. އަދި ލަންކާގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއަށް ރައީސް ނަޝީދު ވަންނަވައި، ލަންކާގެ އޭރުގެ ރައީސް ގޮތަބަޔާ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގެންނެވުމުގެ ފުރުސަތު ރައީސް ނަޝީދު ދެއްވުމުން ރައީސް ނަޝީދަށް ލަންކާގެ ގިނަ ރައްޔިތުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ahmed
ރައީސް ނަޝީދަކަށް އެއްވެސް މީހަކަށް ފިލައިގެން ރާއްޖެ އަންނާކަށް ފުރުސަތެއް ނުދެވޭނެ. ދެބޯގެރި ނުދުއްވާ.