ހޮޅިއަށް ލިބިފައިވާ ގެއްލުން ދެނެގަނެވި، މަރާމާތުގެ މަސައްކަތް ބާރަށް ކުރިއަށް!

ހޮޅިއަށް ލިބިފައިވާ ގެއްލުން ދެނެގަނެވި، މަރާމާތުގެ މަސައްކަތް ބާރަށް ކުރިއަށް!

ބޮޑުތަކުރުފާނު މަގުން ސްޓެލްކޯއާ ދިމާއިން ބިމުގެ އަޑީގައި ވަޅުލާފައިވާ ހޮޅި ފަޅައިގެންގޮސް ލިބިފައިވާ ގެއްލުން ދެނެ ގަނެވިފައިވާކަމަށާއި، މައްސަލަ ހައްލު ކުރުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުގަނޑުގެ އަޑީގައި އަޅާފައިވާ ފެން ހޮޅިއަކީ ސްޓެލްކޯއަށް ބޭނުންވާ ލޮނު ފެން ނެގުމަށް އަޅާފައިވާ ހޮޅިއެކެވެ. މި ހޮޅި ފަޅައިގެން މަގުމަައްޗަށް ލުނުފެން ލީކުވާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ނުފެށި ލަސްވަނީ ސިޓީކައުންސިލުން ހުއްދަ ނުލިބުމުންކަމަށް ވިދާޅުވެ، ސްޓެލްކޯއިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ ހުއްދަދީފައެވެ.

މިިދިޔަ ބުދަ ދުވަހު މިކަން ހިނގިއިރު، ސްޓެލްކޯއިން ދަނީ މިކަން ހައްލު ކުރުމަށް ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ސްޓޭލްކޯއިން ބުނެފައިވަނީ މިހާތަނަށް ބޮޑުތަކުރުފާނު މަގަށް ލީކުވާ ފެން ހިއްކޭނެ ނިޒާމެއް ގާއިމު ކުރެވިފައިވާ ކަމަށެވެ. އަދި ބޮޑުތަކުރުފާނު މަގުގެ ޓްރެފިކް ފްލޯ ދެމެހެއްޓުމަށް ޑީވޯޓާ ޕައިޕްތަކުގެ މަތީގައި ރޭމްޕެެއް ގާއިމުކުރެވިފައިވާ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މިމަސައްކަތް ހިނގަމުންދާގޮތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ ބައްލަވާލައްވާފައެވެ. އަދި މިކަން ހައްލު ކުރުމަށްޓަކައި ކުންފުނީގެ މުވައްޒިފުން ކުރަމުންދާ މަސައްކަތަށް ޝަރީފް ވަނީ ހިތްވަރު ދެއްވާފައެވެ.

ސްޓެލްކޯއިން ވަނީ މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ނުކުރެވިއްޖެ ނަމަ، މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން، މާލެއަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހިދާނެކަމަށްވެސް މީގެ ކުރިން ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ހާދަހާވާާ ސުލޯބަޔެކޭޭ ތިހާގިނަަ މުވައްޒަފުންލައިގެންް ތިހާސުލޯވީމާާ ކަޑައޭޭ މިހާރުތިއުޅެނީީ ހުސްއަގަތަޅައިގެންް މަގާމުތައްް ދިފާއުކުރަންް ތީތިވެސްް ކަޑައޭޭ ތަންކޮޅެެއްް ސްމާޓްކޮއްް އެފިޝަންޓްކޮއްް މަސައްކަތްކޮއްްބަލަަ

Leave a Reply

Your email address will not be published. Required fields are marked *