އަންގާރަ ދުވަހު ރައީސް ޔާމީން ނ.އަތޮޅަށް

އަންގާރަ ދުވަހު ރައީސް ޔާމީން ނ.އަތޮޅަށް

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2022 02:34
0

މިފެށޭ ހަފްތާގެ އަންގާރަ ދުވަހު އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ނ.އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ޔާމީން އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގެ ތެރެއިން ގާތްގާތުގައި ގިނަ އަތޮޅުތެކެއްގެ ގިނަ ރަށްތަކަކަށް ވަޑައިގެންނެވުމަށް ވަނީ ޝެޑިއުލް ކުރައްވާފައެވެ. މިފެށޭ ހަފްތާގެ އަންގާރަ ދުވަހު ރައީސް ޔާމީން ނ.އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވާއިރު ނޮވެމްބަރު މަހުގެ ކުރީކޮޅު އައްޑޫ ސިޓީއަށް ރައީސް ޔާމީން ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ނ.އަތޮޅަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި ނ. ކެނދިކުޅުދޫ އާއި މިލަދޫ އާއި މަނަދޫ އާއި ހޮޅުދޫ އަދި މަގޫދޫ އަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެމަނިކުފާނު ވަނީ ހއ. ގެ ފަސް ރަށަކަށް ވަޑައިގެން އިދިކޮޅުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައިފައެވެ. އެ ދަތުރުފުޅުގެ ބޭނުމަކީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރުމާ އެކު 2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމެވެ. ވެރިކަން ލިބިއްޖެ ނަމަ، ހއ. އަތޮޅުގައި ހިންގަވާނެ ބައެއް ތަރައްގީގެ މަޝްރޫއުތައް ވެސް އެ ދަތުރުފުޅުގައި އިއުލާންކުރެއްވިއެވެ.

ރައީސް ޔާމީން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި އެރަށްތަކުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށް ވައުދުތަކެއް ވަމުންދާއިރު، ޤައުމީ ފެންވަރެއްގައި ހުރި ބޮޑެތި މައްސަކަތަކަށް ހައްލު ހޯދާނެ ގޮތުގެ ތަސައްވަރުވެސް ގެންދަވަނީ އެކި ރަށްތަކުގައި ހިއްސާ ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.