އައްޔަންކުރައްވާފައިވާ ކޯޓަށް ނުނިކުންނަވާތީ ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

އައްޔަންކުރައްވާފައިވާ ކޯޓަށް ނުނިކުންނަވާތީ ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު އައްޔަނުކުރެވިފައިވާ ކޯޓަށް ޤަވާއިދުން ނުނިކުންނާތީ ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޗަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު އައްޔަނުކުރެވިފައިވާ ކޯޓަށް ޤަވާއިދުން ނުކުތުމުގެ ބަދަލުގައި ނުކުންނަމުން ގޮސްފައި ވަނީ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރުއާ ހަވާލުކުރެވިފައިވާ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށްކަން ކަމާބެހޭ ލިޔެކިއުމުންނާއި އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރުގެ އިއުތިރާފުން ސާބިތުވާކަމަށެވެ.

މިކަމުގައި އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު ޢަމަލުކޮށްފައި ވަނީ ހަވާލުކުރެވިފައިވާ ކޯޓުތަކުގެ މަސައްކަތްކުރުމަށް ހާޒިރުވުމާ ގުޅޭގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމުގައިވާތީ، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރުގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 33 ވަނަ މާއްދާގެ (ށ)، (ޅ) އަދި (އ) އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1، 3.1 އަދި 6.1 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށް ޖޭއެސްސީން ބުނެއެވެ.

އެހެންކަމުން ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގެ ދަށުން، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު ވަޒީފާގެ މަސައްކަތަށް ނުކުތުން 14 ދުވަހަށް މަނާކުރުމަށް ފެންނަކަމަށް ޖޭއެސްސީން ވަނީ ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *