ރައީސް ޔާމީނަށް ކުށް މަޢުލޫމާތެއް ދެވުމުން އިޢުތިރާފްވެ، މަޢާފަށް އެދުމަކީ ރީތި ސިފައެއް: ޒައިދު

ރައީސް ޔާމީނަށް ކުށް މަޢުލޫމާތެއް ދެވުމުން އިޢުތިރާފްވެ، މަޢާފަށް އެދުމަކީ ރީތި ސިފައެއް: ޒައިދު

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2022 08:24
0

ރައީސް ޔާމީނަށް ކުށް މަޢުލޫމާތެއް ދެވުމުން އެކަމަށް އިޢުތިރާފްވެ، މަޢާފަށް އެދުމަކީ ރީތި ސިފައެއް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިހެން ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ހއ. ބާރަށުގައި ދެއްކެވި ވާހަކަފުޅުގައި، ސަލާމް ލެއްވި އީސާގެފާނު "ފަސްދާނުވެޑުވި" ކަމަށް ވިދާޅުވުމާ ގުޅިގެން އެ މަނިކުފާނަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، ވިދާޅުވެވުނީ "ކުށް ބަހެއް" ކަމަށް އިއުތިރަފްވެ އެކަމަށް ރައްޔިތުންގެ އަރިހުން ވަރަށް ބޮޑަށް މާފަށް އެދޭ ކަމަށް، ހަމަ އެ ދުވަހު ހއ. ދިއްދު އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާތީއެވެ.

ޝައިޚު ޒައިދު ވިދާޅުވީ ވާހަކަ ދައްކާއިރު މީހަކަށް ކުށްބަހެއް ބުނެވިއްޖެނަމަ އެކަމަށް ވީހާވެސް އަވަހަކަށް އިއުތިރާފްވެ މަޢާފަށް އެދުމަކީ ރީތި ސިފައެއް ކަމަށެވެ. ކޮންމެ މީހަކަށްވެސް އެފަދަ ކަމެއް ކުރެވިދާނެކަމަށާއި، ނަމަވެސް އޭގެ އެންމެ ރީތި ގޮތަކީ ވީހާވެސް އަވަހަކަށް އެކުށް ގަބޫލުކޮށް މަޢާފަށް އެދުންކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ. މިކަމުގައި ރައީސް ޔާމީންގެ ފަރާތުން ފެނިގެންދިޔައީ ރަނގަޅު މިސާލެއްކަމަށް ޒައިދު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ކުށް މަޢުލޫމާތެއް ބުނެވުނު ހިނދު އެކަން ޕަބްލިކްގައި އިޢުތިރާފްވެލެއްވި ލެއްވުން ބަލައިގަންނަން! ކުށް މަޢުލޫމާތަކުން ރުޖޫޢަވުމަށް ލަދުވެތިކަމެއް ހުރެގެންނުވާނެ! އަޅުގަނޑުމެންވެސް ދަރުސްދޭއިރު ކުށްބަހެއް ދެންނެވިއްޖެނަމަ ވަގުތުން މާފަށްއެދެން! އެއީއެކަން އޮންނަންޖެހޭ ގޮތް! ޝައިޚު ޒައިދު ވިދާޅުވިއެވެ.

ބަނީއިސްރާއީލުންގެ ތެރޭގައި ތިބި ކުފުރާއި އަމިއްލަ އެދުމުން ހައްދުފަހަނައަޅާފައި ތިބި މީހުން އީސާގެފާނުގެ ރަސޫލު ކަމާއި އެކަލޭގެފާނު ގެންނެވި މުއުޖިޒާތްތަކާ މެދު ހަސަދަލައި އަބަދުމެ ތިބީ އެކަލޭގެފާނު ގަތުލުކުރެވޭނެ ވަގުތެއް ހޯދުމަށް ހުޝިޔާރު ވެގެންނެވެ. އެ މަސައްކަތްކުރަމުން ގޮސް، އެކަލޭގެފާނު އެ މީހުންގެ އަތް ދަށުލައި، ސަލީބަށް އެރުވުމުގެ ނިޔަތުގައި ނުކުމެ، އެކަލޭގެފާނު ކަމަށް ހީކޮށް ސަލީބަށް އެރުވުނީ އެހެން މީހެކެވެ. އެ ހުރިހާ ނުބައި ރޭވުންތަކުން އީސާގެފާނު ސަލާމަތް ކުރައްވައި މާތް ރަސްކަލާންގެ ހަޟްރަތަށް އެކަލޭގެފާނު އުފުއްލެވިއެވެ.

ގިޔާމަތް ކައިރިވެ، ދައްޖާލުގެ ފިތުނަ އާންމުވާ ހިނދު، އެ ފިތުނަ އިން މީސްތަކުން ސަލާމަތް ކުރައްވަވާ، ބިންމަތީ މާތް ރަސްކަލާންގެ ދީން ގާއިމު ކުރެއްވުމަށް، ކީރިތި ރަސޫލާ އަށް އިގުތިދާވެވަޑައިގަންނަވާ ބޭކަލެއްގެ ގޮތުގައި އީސާގެފާނު ބިމަށް ފޮނުއްވާނެ ކަމަށް އިޝާރާތް ކުރެވިފައިވާ، ސައްހަ ހަދީސްތައް ކީރިތި ރަސޫލާގެ އަރިއަހުން ވާރިދުވެގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައި
އިލްމު ވެރިން ނަށް ވުރެ މިސަރުކާރު ސަޕޯޓަރުން ނާ ސަރުކާރަށް އަލަމް ގިރި މޮޅު
ފ ފަސް
އުސްތާޒު ޒައިދު ...ކުށް މައުލޫމާތެއް ނޫން ދެވުނީ ކުށް ބަހެއް ބުނެވުނީ. ރައީސް ޔާމީންނަކީ އީސާގެފާނަށް ވީގޮތް ދީނުގަ އޮތްގޮތަށް ދެނެވަޑައިނުގަންނަވާނެ ބޭފުޅެއް ނޫން. ނަމަވެސް ވިދާޅުވަމުން ދިޔަ ނަސާރާއިންނާބެހޭ "ކުރުވާހަކައިގެ" ތެރެއިން އަދި ވާހަކައިގެ ނިމުމާ އެއްގޮތް ބައިގަޑެއް މިގައުމުގަ ވެސް އުޅޭކަން ސާފުކޮށްދެއްވުމަށް އުޅުއްވުމުގެ ތެރޭގައި ނުބައިބަހެއް ބޭނުން ކުރެއްވުނީ.
ސ ސަނާ ސައީދު
ވައްކަންވެސް ކުރެވުނީހަމަ ތިޔަބުނާބީދައިން! ބަޔަކަށް ވައްންކުރާނެގޮތް ބުނެދޭއުޅެނިކޮށޭ!
ޞ ޞައްޕު
ޚުރިން ބުނި އެތި ކެންސަލް ޢޮޅިގެންވެސް ކުއްކުރެވުނު ވާހަކަ ބުނެ ކުރެވުނު ވައްކަން ތަކަށް އިއުތިތާފުވެ ތެދު ހެދުނު. އެކަމަކު ވެސް ކުއްނުކުރާކަމަށް ބުނެ ދޮގު ހެދީ. ޒައިދޫ. .... މީވެސް ހަމަ ރަނގަޅު ސިފަތޯ؟