އާންމު ފަރާތަކުން ހޮވައިގެން ފުލުހުންނާއި ހަވާލުކުރި 10،000 ރުފިޔާ އޭގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 12:04 އެހާކަންހާއިރު ބޮޑުތަކުރުފާނު މަގު، 1 ނަމްބަރު ފާލަން ހިމެނޭ ސަރަހައްދުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ހުދުކުލައިގެ ސިޓީއުރައެއްގައި ހުރި 10،000 އަށްވުރެ ގިނަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަމަށެވެ.
މި ފައިސާތައް މިހާރުވަނީ ވެރިފަރާތާ ހަވާލުކޮށްފައި https://t.co/VxS6HocBgJ
— Maldives Police (@PoliceMv) October 19, 2022
މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށް ފުލުހުންކުރި މަސައްކަތުން ވެރިފަރާތް ހޯދިފައެއް ނުވުމުން އާންމުކޮށް ވަނީ ހުޅުވާލާފައެވެ. މިމަހުގެ 18 ވަނަ ދުވަހު ފުލުހުން އާންމުންގެ ސަމާލުކަމަށް މިކަން ގެނައުމުން ފައިސާގެ ވެރިފަތުން ވަނީ ފުލުހަށް ހާޒިރުވެ މިފައިސާތަކާއި ހަވާލު ވެފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ