ކިނޮޅަހު ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

ކިނޮޅަހު ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
18 އޮކްޓޯބަރ 2022 09:29
0

ރ. ކިނޮޅަހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ކިނޮޅަހު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 84 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 81 ޕަސެންޓް ވަނީ ނިމިފައިވާކަމަށެވެ.

ކިނޮޅަސް ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެރަށު ބަނދަރުގެ ފުން ކުރުމާއި، 162 މީޓަރުގެ ގްރޮއިން ޖެހުމާއި، 285 މީޓަރުގެ ބޮޑުހިލައިގެ ތޮށި ޖެހުމާއި، 186 މީޓަރު ސްކޯރިންގ އެޕްރޯން ޖެހުމާއި 65 މީޓަރ ރިވެޓްމެންޓް ޖެހުމާއި، ދެ ނެވިގޭޝަން ލައިޓް ހަރު ކުރުން ހިމެނެއެވެ.

އަދި އޭގެ އިތުރުން، 160 މީޓަރު ކޮންކްރީޓް ކާރބް ޖެހުމާއި، 10 މޫރިން ބޮއި ހަަމަކުރުމާއި، 186 މީޓަރު އެއްގަމު ބޭރުތޮށި ޖެހުމާއި، 18 މަގެއްގެ ބައްތި ހަރުކުރުމުގެ އިތުރުން، 1663.36 މީޓަރުގެ ޕޭވްމެންޓް ހެދެން ހިމެނެއެވެ.

މިއީ 45 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.