މިމަހުގެ 28ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ކުރައްވާނީ މުފްތީ މެންކް

މިމަހުގެ 28ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ކުރައްވާނީ މުފްތީ މެންކް

މިމަހުގެ 28ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ނަމާދު ކުރައްވާނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މުފްތީ މެންކު އިމާމްވެ ހުކުރު ނަމާދު ކުރައްވާނީ މިމަހުގެ 28ވާ ހުކުރު ދުވަހުގައި ކަމަށާއި އޭނާގެ ޚުޡުބާގެ މައުޟޫއަކީ "ރިވިވް ޔުއަރ ކަނެކްޝަން ވިތު ﷲ" (ﷲއާމެދު އޮންނަ ގުޅުން މުޡާލިއާ ކުރުން) މި މައުޟޫއު ކަމުގައެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު ބުނެފައިވަނީ ރާއްޖޭގައި ދީނީ ތަޤްރީރު ދެއްވުމަށް މުފްތީ މެންކް މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ދަތުރު ކުރައްވާނެކަމަށެވެ. އަދި މެންކްގެ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާލެއާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ދީނީ ތަޤްރީރު ދެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން 28 ވަނަ ދުވަހުގެރޭ މާލޭގެ ކާނިވާ ސަރަހައްދުގައި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ. އިސްލާމި މިނިސްޓްރީން ދަރުސް 28 ވަނަ ދުވަހުގެރޭ ބާއްވަން ނިންމާފައި ވަނިކޮށް، ބައިސްކޯފުން ވަނީ ހަމަ އެރޭ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީގެ ޝޯއެއް ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ގިނަބައެއްގެ ފާޑުކިޔުން މިކަމަށް އަމާޒުވެ، ބޮޑު ބަހުސަކަށް މިކަން ދިއުމުން ބައިސްކޯފުން ވަނީ ޝޯ 29 ވަނަ ދުވަހުގެ ރެއަށް ފަސްކޮށްފައެވެ. އެ ޝޯ އޮންނާނީ އެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި އެރޭ 20:00 އިން 00:00 އަށެވެ. ހަވީރު އޮންނަ ޝޯއަށް ހިލޭ ވަދެވެއެވެ. އެކަމަކު ރޭގަނޑުގެ ޝޯއަށް 150 ރުފިޔާގެ ޓިކެޓެއް ނަގަންޖެހެއެވެ.

މުފްތީމެންކްއަކީ ޒިންބާބުވޭއަށް އުފަން ދީނީ އިލްމުވެރިއެކެވެ. އަދި އޭނާއަކީ އެގައުމުގެ ޒިންބާބުވޭއަން މުސްލިމް ކޮމިއުނިޓީގެ ފަތުވާ ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާވެސް މެއެވެ. ޒިމްބާބުވޭގެ މުސްލިމުންނަކީ އެގައުމުގެ އާބާދީގެ %1 އެވެެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *