ޖުވަނައިލް ޑިޕާޓްމަންޓު އުފެދުމަކީ ކުށުގެ ވެށިން ކުދިން ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: އިމްރާން

ޖުވަނައިލް ޑިޕާޓްމަންޓު އުފެދުމަކީ ކުށުގެ ވެށިން ކުދިން ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: އިމްރާން

Author
މުޙައްމަދު ޖިމީ
20 ނޮވެމްބަރ 2020 11:28
0

ޖުވަނައިލް ޖަސްޓިސް ޑިޕާޓްމަންޓް އުފެދިގެން ދިއުމަކީ ކުށުގެ ވެއްޓަށް ހުށައެޅޭ އަދި ހުށައެޅުމުގެ ފުރުޞަތު އޮތް ކުދިން ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހު ހުޅުވި ޖުވަނައިލް ޖަސްޓިސް ޑިޕާޓްމަންޓައި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރ ވިދާޅުވީ މިއަދުންފެށިގެ ޖޭޖޭޔޫ ޑިޕާޓްމަންޓަކަށް ބަދަލުވެގެން ދިއުމުން ކުޑަކުދިން ކުށުގެ ވެށިން ސަލާމަތްކުރުމަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި ވަކި މުއައްސަސާއެއް އުފެދިގެން ދިއުމަކީ ކުށުގެ ވެއްޓަށް ހުށައެޅޭ އަދި ހުށައެޅުމުގެ ފުރުޞަތު އޮތް ކުދިން ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް.

-ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ

ޖުވަނައިލް ޖަސްޓިސް ޔުނިޓް ޑިޕާޓްމަންޓަކަށް މިއަދު ބަދަލުވުމާއި ގުޅިގެން އެޑިޕާޓްމަންޓްގެ ގޮފިތައް އަތޮޅުތަކުގައި ޤާއިމްކުރުން ލާޒިމްވާނެއެވެ. އެގޮތުން ހއ.ހޯރަފުށީގައާއި ރާއްޖޭގެ ދެކުނުގައި އެޑިޕާޓްމަންޓްގެ ގޮފި ޤާއިމްކުރުމަށް ނިންމާފައިވާކަމށް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ވޭތުވެ ދިޔަ ދިހަ އަހަރަށް ބަލާއިރު 18 އަހަރު ނުފުރޭ ކުޑަކުދިން ކުށް ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ ތެރޭގައި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ހިމެނެ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2012 އިން ފެށިގެން މިދިޔަ އަހަރާ ހަމައަށް، ގަސްތުގައި މީހުން މެރުމުގެ މައްސަލަތަކުގައި 12 ކުއްޖަކު ވަނީ ހައްޔަރުކޮށްފަ އެވެ. މާރާމާރީ އާއި މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭކަން ހިސާބުތަކުން ދައްކަ އެވެ.

ކުށްކުރާ މި ފަދަ ކުދިންނަށް ފިޔަވަޅު އެޅުމާއި އެ ކުދިން އިސްލާހު ކުރުމާ ގުޅޭ ގޮތުން، ކަމާ ބެހޭ އިދާރާތަކުގެ އެންމެ ބޮޑު އުއްމީދަކީ ޖިނާއީ އަދުލުގެ ގާނޫނެއް ވުޖޫދަށް ގެނައުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.