ހިޔާ ފްލެޓް މަޝްރޫޢު، ބޯހިޔާވަހިކަމަށް އޮތް އެންމެ ރަގަޅު މޮޑެލަކަށް ނުވަނީ ކީއްވެ؟

ހިޔާ ފްލެޓް މަޝްރޫޢު، ބޯހިޔާވަހިކަމަށް އޮތް އެންމެ ރަގަޅު މޮޑެލަކަށް ނުވަނީ ކީއްވެ؟

Author
ހުސެއިން
16 އޮކްޓޯބަރ 2022 09:52
0

ހިޔާ ފްލެޓްތަކަކީ، ރައީސް ޔާމިންގެ ވެރިކަމުގައި އިޖުތިމާޢީ ބޯހިޔާވަހިކަން ފޯރު ކޮށްދިނުމަށް އޭރުގެ ސަރުކާރު އެކުލަވާލި ބޯހިޔާވަހި ކަމުގެ ބޮޑު މަޝްރޫޢެކެވެ.

މިގޮތުން، 7000 ފްލެޓްގެ 16 ޓަވަރު ރައީސް ޔާމިންގެ ސަރުކާރުން އިމާރާތް ކޮށްފައިވަނީ، 30،000 އަށްވުރެ ގިނަ އާއިލާއަށް ބޯހިޔާވަހިކަން ހޯދާދީ، މާލެއާއި ރާއްޖޭގެ އެކި ރަށްތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް އެކަށީގެންވާ މިންވަރުގެ ހައްލެއް ހޯދާދީ، މިގޮތުން އުފެދިގެން ގޮސްފައިވާ ޝަކުވާތަކާއި މައްސަލަތަކަށް ތަސައްލީއެއް އޭރުގެ ސަރުކާރުން ހޯދާ ދިނުމުގެ މަގުސަދުގައެވެ.

މިގޮތުން މި 7،000 ފްލެޓް އިމާރާތް ކުރެވިފައިވަނީ ދެ ފަރާތަކުން ނަގާފައިވާ ލޯންތަކުން މަޝްރޫއަށް ފައިނޭންސް ކޮށްގެންނެވެ. މީގެ ތެރޭގައި ހިމެނެނީ، އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ ލިމިޓެޑް (އައި.ސީ.ބީ.ސީ) އިން ނަގާފައިވާ 368,900,000 ޑޮލަރުގެ ލޯން ފެސިލިޓީއަކާއި ކްރެޑިޓް ސްއިސް އޭޖީ، ސިން ގަޕޯރ ބްރާންޗް (ސީ.އެސް) އިން ނަގާފައިވާ 65,100,000 ޑޮލަރުގެ ލޯން ފެސިލިޓީއާއި އެކު، ޖުމްލަ 434,000,000 މިލިއަން ޑޮލަރު ލޯންގެ ގޮތުގައި ދިވެހި ސަރުކާރުން ނަގައިގެންނެވެ.

އަދި މިއިން ކޮންމެ ލޯނަކަށްވެސް 2 އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބިގެން ގޮސްފައިވާއިރު، މީގެތެއިން އައި.ސީ.ބީ.ސީ ނަގާފައިވާ ލޯނު 15 އަހަރު ތެރޭ ދައްކާ ޚަލާސް ކުރަން ޖެހޭއިރު، ސީ.އެސް އިން ނަގާފައިވާ ލޯނު 5 އަހަރުގެ ތެރޭގައި ދައްކާ ޚަލާސް ކުރަން ޖެހެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން އޭރުގެ ސަރުކާރުން އިމާރާތްކުރި މި ފްލެޓްތައް އޭރު އަމާޒު ކޮށްފައިވަނީ، ރައީސް ޔާމިން އާ ދައުރަކަށް އިންތިޚާބު ވުމަށްޓަކާ ކުރަންޖެހޭ ކެމްޕޭނަށް އަމާޒުކޮށް ނިންމާ، ފްލެޓްތައްވެސް އާންމުންނާ ހަވާލުކުރުމަށް ކަމުގައިވި ނަމަވެސް، މި ފްލެޓްތައް ކެމްޕޭނާ ހަމައަށް ދިޔައިރުވެސް ނިންމާލެވިފައެއް ނުވެއެވެ.

ހިޔާ މަޝްރޫޢުގެ ރައީސް ޔާމިންގެ ދެކަނބަލުން އިފްތިތާހު ކޮށްދެއްވަނީ

އެހެންނަމަވެސް، އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒުވަނީ، މި ފްލެޓްތައް މުޅިން އެހާތަނަށް ނިންމާލެވިފައި ނުވިނަމަވެސް، އެޕްލައި ކޮށްފައިތިމި މީހުންގެ ލިސްޓުތައް އެކުލަވާލާ، އިންތިޚާބު ނިމި، އެހެންނަމަވެސް އާސަރުކާރު ހުވާ ކުރުމާ ދެމެދު ލިބުނު މުއްދަތުގައި، ފްލެތައް މީހުންނާއި ހަވާލުކޮށް، އަދި އެ މުއްދަތުގެ ތެރޭގައި ފްލެޓްތަކުގެ ކުލިވެސް ކަޑައަޅާ، ނިންމާ އާންމުވެސް ކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ފްލެޓް ނުލިބުނު އެތައް ބައެއްގެ ޝަކުވާތައް އުފެދި، އަދި ސިޔާސީ ބޭނުމަށް އޭރުގެ ސަރުކާރުގެ މަޖިލިސް ބައެއް މެމްބަރުންގެ އިތުރުންވެސް އިސް މަގާމްތަކުގައި ތިއްބެވި އެތައް ބަޔަކަށް ނުހައްގުން ފްލެޓް ދީފައިވާ ކަމުގެ އެތައް ޝަކުވާއެއް އުފެދި ފެންމަތިވެގެން ދިޔައެވެ.

 

ވާލްޑް ބޭންކުން ބުނަނީ މިއީ އެންމެ ރަގަޅު މޮޑެލެއް ނޫންކަމަށް!

ވާރލްޑް ބޭންކުން ދާދިފަހުން ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި، ހުޅުމާލޭގައި 6،338 އާއިލާއަކުން މިހާރު ދިރިއުޅެމުންދާ ހިޔާ ފްލެޓްތަކުގެ ހާލަތާއި ގުޅެގޮތުން ފާހަގަ ކުރެވުނު ކަންކަން ހިމަނާފައިވެއެވެ.

މިގޮތުން މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން ހިޔާ ފްލެޓުގައި ދިރިއުޅެމުންދާ 6،338 އާއިލާގެ ތެރެއިން 2،345 އާއިލާއިން (%37 އާއިލާއިން) ފްލެޓްތަކަށް ކުލި ދައްކަމުންނެއް ނުދެއެވެ. މި ރިޕޯޓުގައި ވާގޮތުން، ހުޅުމާލޭ ފުރަތަމަ ފިޔަވަހިން އެކި ސޯޝަލް ހައުސިން ޔުނިޓްތަކުންވެސް 800 އަށްވުރެ ގިނަ މީހުން ކުލި ދައްކަމުންނެއް ނުދެއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން ކުލި ނުދައްކާ އާއިލާތަކަށް ކުލި ދެއްކުމަށް އިތުރު ފުރުސަތު ދީފައިވި ނަމަވެސް، މީގެތެރެއިންވެސް ގިނައީ ކުލި ނުދައްކާ އާއިލާތަކެވެ. އަދި މި އާއިލާތަކުން ކުލި އަތުރުމަށް އިތުރު ފުރުސަތު ދިނުމުގެ އިތުރުން ކުލި އަތުލުމަށް އިތުރު މަސައްކަތްތަކެއް އެޗްޑީސީން ކުރަމުންވެސް ނުދާ ކަމުގައިވެސް ބުނެފައި ވެއެވެ.

ހިޔާ ފްލެޓްތަކުގައި މީހުން އާބާދުވެ ދިރިއުޅެން ފެށުމާއެކު އެޗްޑިސީން ބުނެފައިވަނީ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ކުލި ނުދައްކާ ފަރާތްތަ ޖުރިމާނާ ކުރާނެ ކަމުގައެވެ. އެހެންނަމަވެސް ކުލި ނުދައްކާ އާއިލާތަކާމެދު އަޅާފައިވާ ފިޔަވަޅެއް އެކުންފުނިން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

ހިޔާ ފްލެޓްތަކު ސަރަހައްދި ިހާރުވެ ވެފައިވަނީ އެކަށިގެންވާ ގޮތެއްގައި ތަރައްގީ ވެފައި ނެތް, މީހުން ބައިބޯ ސަރަހައްދެއް ކަމުގައި

ހިޔާ ފްލެޓްތަކުގައި ދިއިރުޅުމުންދާ ބައެއް އައިލާތަކުން މިހާރުވެސް ދަނީ ފްލެޓްތަކުގެ ކުލި ބޮޑުވެގެން އެކަމުގެ ޝަކުވާތައް ކުރަމުންނެވެ.

ވާރލްޑް ބޭންކުން ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން ހިޔާ ފްލެޓްތައް ނުނިންމާ އާއިލާތަކާއި ހަވާލުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ފްލެޓްތައް ނިންމުމަށް ބޭންކުން ލޯނު ނަގަން ޖެހުމަކީވެސް ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުމެއް ކަމުގައެވެ.

އަދި މީގެ އިތުރުން ހިޔާ ޓަވަރުތަކުގައި ހަރުކޮށްފައިވާ ލިފްޓަތަކުގެ ކުޑަކަމާއެކު، މީހުން ތޮށްޖެހުމުގެ މައްސަލަ ހައްލުކުރުމަށް، ސަރުކާރުން ލޯނު ފައިސާއިން ޚަރަދުކޮށްގެން ކޮށްފައިވާ މި އިންވެސްޓަމަންޓަށް އެޗްޑިސީއަށްވެސް ބޮޑު ޚަރަދެއް ފަހުން ކުރަން ޖެހުނުކަންވެސް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

 

އެންމެ ބޮޑު އެއް މައްސަލަ، ކުރީ ސަރުކާރުން ކުލި ކަނޑައަޅާފައިވަނީ ގޯސްކޮށް!

ބޯހިޔާވަހިކަން ނެތް އާއިލާތަކަށް ޚާއްސަކޮށްގެން، ދައުލަތުން މާލީ ބޮޑު ޒިންމާއެއް އަދާ ކުރާންޖެހޭ ގޮތަށް ކުރީ ސަރުކާރުން އިމާރާތްކުރި މި ފްލެޓްތައް އިމާރާތް ކުރެވިފައިވައީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަމާޒު ކޮށްގެންނެވެ.

އޭނެ ނަތީޖާއަކަށް ވެގެން ދިޔައީ އަވަސް އަރުވާލާއިގެން، ފްލެޓްތައް ނުނިމެނީސް، ތަނުގެ ކުލި ކަނޑައަޅާ، އިންތިޚާބުގެ ކުރިން، މި ފްލެޓްތައް ލިބެންޖެހޭ މީހުންވެސް، 2018ގެ ފަހުކޮޅު އޭރުވެ ހައުސިންގ މިނިސްޓަރު އިސްވެ ހުންނަވާ ކަނޑައަޅުއްވާފައި ވެއެވެ.

އެހެންނަމަވެސް، ރިޔާސީ އިންތިޚާބުގައި އޭރުގެ ސަރުކާރަށް ނާކާމިޔާބީއާއި ކުރިމަތިލާންޖެހި، މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، އެޗްޑީސީން ހެދި އޮޑިޓުން ފާހަގަވެހެން ދިޔަ އެއްކަމަށް ވެގެންދިޔައީ، އޭރުގެ ސަރުކާރުން އަގުހެޔޮ ކުއްޔެއް ކަނޑައަޅާ، ރިޔާސީ އިންތިޚާބަށް މަހެއްހާ ދުވަހަށް ވެފައިވަނިކޮށް ކުލި އިއުލާން ކޮށްފައިވަނީ ރަގަޅަށް ނޫން ކަމެވެ.

މި ރިޕޯޓުގައި ވާގޮތުން އެހެންނަމަވެސް، 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ތައްޔާރުކޮށްފައިވާ ހިސާބުގައި 20 އަހަރުގެ މުއްދަތަށް، މަހަކަށް 6،600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކުމުން، ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެންދާނީ 99،647 ރުފިޔާ ކަމަށްވާއިރު، އެހެންނަމަވެސް، އީ.އެމް.އައި މެތަޑް (މިފަދަ ހައުސިންގ މަޝްރޫޢުތަކުގެ ޔުނިޓުތައް ވިއްކާނެ އަގު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ މެތަޑް)އަށް ހިސާބު ހަދައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،245،879 ރުފިޔާ ޖެހޭނެ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. މީގެ މާނައަކީ، މަހަކަށް 6،600 ރުފިޔާގެ ރޭޓުން ޔުނި ޓެއް ވިއްކައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،155،231 ރުފިޔާގެ ގެއްލުން ވާނެކަމަށް މި ރިޕޯޓުގައި ބަޔާން ކޮށްފައިވާ ޕްރޮޖެކްޓް ފައިނޭންސްގެ ތަފްސީލުތައި ފާހަގަ ކޮށްފައި ވެއެވެ.

މިގޮތުން ރިޔާސީ އިންތިޚާބު ނިމި، އެހެންނަމަވެސް އާސަރުކާރު ހުވާކުރުމުގެ ކުރިން، ފްލެޓްތަކުގެ ކުލީގެ ގޮތުގައި 6500 ރުފިޔާ ކަނޑައަޅާ އޭރުގެ ސަރުކާރުން އިއުލާން ކޮށްފައި ވުމާއެކު، މިއަށްވުރެ ބޮޑު ކުއްޔެއް ކަޑައެޅުން ވެގެން ދިޔައީ މި ސަރުކާރަށް ކުރިމަތި ވެގެންދިޔަ ބޮޑު ގޮންޖެހުމަކަށެވެ.

ސަބަބަކީ، 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އިމާރާތް ކުރި ފްލެޓްތައް، ގެއްލުމަކާ ނުލާ އާންމު ރައްޔިތުންުނަށް ދޫކުރެވޭނެ ގޮތެއް ނެތުމެވެ. މާލީގޮތުން ސަރުކާރު ބަނދެވި، މިކަން ވެގެންދިޔައީ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ފަރާތުން އެޗްޑީސީއަށްވެސް މިއަދާ ހަމައަށްވެސް ކުރިމަތިވެގެންދާ ބޮޑު އެއް ޝަކުވާ ކަމުގައެވެ.

ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ކުރިން, މި ފްލެޓްތަކުގެ ކުލި ކަނޑައަޅުއްވާ ކުލި އިއުލާންވެސް ކުރައްވާފަ

 

ފައިނޭންޝަލް މޮޑެލް ރަގަޅެއް ނޫން، ލޯނުވެސް އަދާ ކުރަންޖެހެނީ ދައުލަތުން؟

ދައުލަތުން މާލީ ބޮޑު ޒިންމާއެއް ނަގައިގެން އިމާރާތްކުރި މި ފްލެޓްތަކަކީ، ވަރަށް ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވެފައިތިބި ފަރާތްތަކަށް ލިބިގެންދިޔަ ވަގުތީ ތަސައްލީއަކަށް ވެގެން ދިއުމާއެކު، މި ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ތަނުގެ ކުޑަކަން އިހުސާސް ނުވުމާއި، އަދި ލިފްޓްތަކުން އަރާ ފޭބުމަށް އުފުލާންޖެހޭ ބުރައިގެ އިހުސާސްތަކާއި، މީހުން ބައިބޯވަމުންދާ މި ސަރަހައްދުގެ ގިލަންވެރިކަން މިއަދު އިހުސާސް ނުވުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެންނަމަވެސް، މި ފްލެޓްތަކުގައި ގިނަ ބަޔަކު ދިރިއުޅެމުން ދިޔަނަމަވެސް، މިއީ ބޯހިޔާވަހިކަމަށް އޮތް ހަގީގީ ހައްލެއް ނޫންކަން މިހާރުވެސް ވަނީ އެތައް ގޮތަކުން ވަޒަން ކުރެވެން ފަށާފައެވެ.

އެއް ސަބަބަކީ، ދައުލަތުން މި ފްލެޓްތައް އެޅުމަށް ނެގި ލޯނުން ތަން ނިންމާ ނުލެވި، ފްލެޓްތަކަށް ވަތް މެޖޯރިޓީ އާއިލާތަކުން ފްލެޓްތަކުގައި ދިރިއުޅެން ފަށާފައިވަނި ތަން ނިންމުމަށް، "އާދައިގެ އާއިލާތަކުގެ" ފެންވަރުން ބޮޑެތި ލޯނުތައް ނަގައިގެން ކަމަށްވާތީއެވެ. އޭގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ، ބޭންކު ލޯނުވެސް ދައްކަމުން، ތަނުގެ ކުލިވެސް ދައްކަމުން ދާންޖެހުމުގެ ޝަކުވާއާއި ސަރުކާރަށް ކުރިމަތިލާން ޖެހުމެވެ.

ހަމައެއާއެކު، މި ފްލެޓްތައް އެޅުމަށް ދައުލަތުން ދައްކަންޖެހޭ ލޯނު، ތަނުގެ ކުލިން ލިބޭ އާމްދަނީން ނުދެއްކި، މިހާރު ކުރިމަތި ވެފައިވާ ހާލަތަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން މި ލޯނު ސަރުކާރަށް ދައްކާން ޖެހިފައި ވުމެވެ.

ފިނޭންސް މިނިސްޓްރީން ފާއިތިވެދިޔަ ހަފްތާގައި އާންމު ކޮށްފައިވާ "ފިސްކަން ސްޓްރަޓެޖީ އަންގައިދޭ ބަޔާން 2023-2025″ ގައި ބުނެފައިވަނީ 7000 ފްލެޓުގެ މަޝްރޫއު ހިންގުމަށް އެޗްޑީސީން ނަގާއިފައިވާ ދަރަނި އަދާކުރުމަށް، އެ މަޝްރޫއިން ލިބޭ ފައިސާގެ އަދަދު ލޯނު އަދާކުރުމަށް ބޭނުންވާ ފައިސާގެ އަދަދާ ނުބައްދަލުވުމުގެ ސަބަބުން އެ ކުންފުންޏަށް ދިމާވެފައިވާ ކޭޝްފްލޯގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެކަމަށް މި އަހަރު ކެޕިޓަލް ދޫކުރަން ސަރުކާރަށް ޖެހިފައިވާ ކަމަށެވެ.

މި ބަޔާނުގައި ވާގޮތުން، މި އަހަރުގެ މޭ މަހުގެ ނިޔަލަށް އެޗް.ޑީ.ސީއަށް ދައުލަތުގެ ބަޖެޓުން ކެޕިޓަލްގެ ގޮތުގައި 655.8 މިލިއަން ރުފިޔާ ލޯނު ދޫކުރުމަށް ދޫކޮށްފައި ވެއެވެ. އަދި މި އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ކެޕިޓަލްގެ ގޮތުގައި ޖުމުލަ 1.2 ބިލިއަން ރުފިޔާ ދޫކުރަންޖެހޭނެކަމަށް މިހާރު ލަފާކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ. އަދި މިއީ މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާ ޚަރަދެއްކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން، ފެންނާން އޮތް ހަގީގަތަކީ، ސޯޝަލް ހައުސިންގެ ނަމުގައި ދައުލަތުން ބޮޑު ލޯނެއް ނަގައިގެން ކުރީ ސަރުކާރުން އެޅި މި ފްލެޓްތަކަކީ ނުހަނު ބޭނުންތެރި، އަދި ތަނުގައި މިހާރު ދިރިއުޅޭ ބަޔަކަށް ލިބިގެންދިޔަ ވަގުތީ ތަސައްލީއަކަށް ވެގެން ދިޔަނަމަވެސް، މިއީ ހަގީގަތުގައިވެސް "ގޯސްކޮށް މެނޭޖް" ކޮށްފައި އޮތް ޕްރޮޖެކްޓެއް ކަމެވެ.

ފްލެޓްތަކުގެ ސައިޒު އިންތިހާއަށް ކުޑަ، އަގުބޮޑު މި ޕްރޮޖެކްޓްގެ މާލީ ބުރަ ދައުލަތަށް މިހާރުވެސް ވަނީ އިހުސާސް ކުރާން ޖެހިފައެވެ. އެއީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާންޖެހިފައި އޮތް ބޮޑު ހޭދައެކެވެ. އޭގެ ހަގީގީ ބުރާ އުފާލްޖެހޭނީވެސް އާޚިރުގައި ހަމަ ރައްޔިތުންނަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީބާ
މާމޮޅެތި ވާހަކަ ވާހަކަ ދައްކާނެކަމެއްނެތް ވޯލްޑް ބޭންކްކުން ދިރާސާކޮއްބަލަ ތިޔޮއް ރަތްޔިތުންގެމަޖްލިސް. އަލިްލަޔައް ބޮޑުމުސާރަޔާ އިނާޔަތްތަކާ ކަނޑައަޅައިގެން. ދުފާއެޗިސްސޭތަ މިކިޔަނީ.. ނިކަމެތި ރަތްޔިތަކައް އެއްޗެއްދޭންޖެހުނީމަ ސަރުކާރު ފަގީރުވެއްޖެ ހެސްކިޔާފަ ޓެކުހާ ޖޫރިމަނާޔާ ލޮކުޑައުންގެ ބިލުތަކާ އޭގެ ޖޫރިމަނާޔާ ނިކަމެތި ރަތްޔިތު މާހާ ފެލާލީ.. ރިސޯޓު އޯނަރުން ބިލިއަނުން ޓެކްސްނުދައްކާ ސަރުކާރު ތަންތަނުން ބިލުތައް ނުދައްކައި.. ކޮބައިތަ ވޯލްޑުބެންކު ބަޔާންނެރޭ ޅައ