މަގުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ކެނޑިނޭޅި މިދަނީ މަސައްކަތް ކުރަމުން: މުޢިއްޒު

މަގުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ކެނޑިނޭޅި މިދަނީ މަސައްކަތް ކުރަމުން: މުޢިއްޒު

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2022 09:50
0

ބަޖެޓްގެ ދަތިކަމާއި އެކުވެސް މާލޭގެ މަގުމަތީގެ ޙާލަތު ރަނގަޅު ކުރުމަށް ކައުންސިލުން ދަނީ ކޮންމެ ދުވަހަކުވެސް ކެނޑިޅޭނި މަސައްކަތް ކުރަމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ މޭޔަރު މުޢިއްޒުގެ ކޮމިޔުނިޓީ ވައިބަރ ގްރޫޕްގައި ލިޔުއްވި މެސެއްޖެއްގައެވެ. މޭޔަރު ގެ މެސެޖްގައި ވިދާޅުވީ މާލޭގެ މަގުމަތީގެ ޙާލަތު ރަނގަޅު ކުރަން މި ކައުންސިލުން ދަނީ ކެނޑިނޭޅި ކޮންމެ ދުވަހަކުވެސް ވަރަށްގިނަ މަސައްކަތްތައް ކުރަމުން ކަމަށާއި، ބަޖެޓްގެ ތާށިކަމުގެ ތެރެއިންނާއި، ސަރުކާރުން ކުރިމަތި ކުރުވާ ހުރަސްތަކާއިއެކުވެސް ކައުންސިލުން މަސައްކަތް ކުރިއަށް ގެންދާކަމަށެވެ.

ކަމެއްދިމާވުމުން ކުރެވޭ މަސައްކަތްތައް ނުފެންނާނެ ކަމަށާއި، އެކަންކަން ފާހަގަވެސް ނުކުރާނެ ކަމާއި، އެއީ ކޮންމެ ތަނެއްގައިވެސް އެކަން ހިނގާގޮތްކަމުގައި މޭޔަރު ފާހަގަކުރެއްވިއެވެ.

މިއާއިެކު މޭޔަރު ވަނީ ހަލާކުވެފައިހުރި ކާނުގަނޑަކުން ރޭގައި ތުއްތު ކުއްޖަކަށް ދިމާވި ހާދިސާ އަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި، އެ ހާދިސާގެ ރިޕޯޓު ކައުންސިލަށް ލިބުނުތާ 1 ގަޑިއިރުގެ ނުވަނީސް އެކާނު މަތިގަނޑު ރަނގުކުރި ކަން ފާހަގަ ކުރައްވާފައެވެ.

މާލެ އަދި ވިލިމާލޭގެ މަގުތަކުގެ މަސައްކަތްތައް ކޮންމެ ދުވަހަކުވެސް މާލެ ސިޓީކައުންސިލްގެ ޓީމުން ކުރަމުންގެންދާކަން ފާހަގަކޮށްލެވެއެވެ. އަދި މި މަސައްކަތްތަކުގެ ތަފްސީލް ސޯޝަލް މީޑިއާގައި ކައުންސިލްގެ ރަސްމީ އެކައުންޓްތަކުން ދަނީ ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢިނަފް އިޒް އިނަފް
މުއިއްޒު ދަނީ ކެނޑިނޭޅި ރައްޔިތުން ނަށް މަކަރާއި ހީލަތް ހަދާ ދޮގުހަދަމުން ކަންނަން އެހެންމީހުންގެ ބޮލަށް ޖަހަމުން. ބޭފުޅާ ހެދި މަގުތަށް ކުރިން އެތަށް ޒަމާނެއް ވެފައިވާ މަގުތަކަށް ވުރެ ކަޑަ . އަބަދު ޑަބަލް މަސައްކަތް ކުތަންވަނީ ޖެގިފައި.