މުފްތީ މެންކުގެ ދަރުހާއި ދިމާވާތީ ޔޮހާނީގެ ޝޯ ފަސްކޮށްފި

މުފްތީ މެންކުގެ ދަރުހާއި ދިމާވާތީ ޔޮހާނީގެ ޝޯ ފަސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
14 އޮކްޓޯބަރ 2022 11:02
0

އިސްލާމީ ދުނިޔޭގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކްގެ ދަރުހާއި އެއްރެއެއްގައި ބައިސްކޯފުން އިންތިޒާމުކޮށްގެން އެދުވަހު ބާއްވަން ނިންމާފައި އޮތް ”ޗަނާޗާ 2022“ ޝޯ ފަސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު ބުނެފައިވަނީ ރާއްޖޭގައި ދީނީ ތަޤްރީރު ދެއްވުމަށް މުފްތީ މެންކް މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ދަތުރުކުރައްވާނެކަމަށެވެ. އަދި މެންކްގެ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާލެއާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ދީނީ ތަޤްރީރު ދެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން 28 ވަނަ ދުވަހުގެރޭ މާލޭގެ ކާނިވާ ސަރަހައްދުގައި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އިސްލާމި މިނިސްޓްރީން ދަރުސް 28 ވަނަ ދުވަހުގެރޭ ބާއްވަން ނިންމާފައި ވަނިކޮށް، ބައިސްކޯފުން ވަނީ ހަމަ އެރޭ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީގެ ޝޯއެއް ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެ، ބޮޑު ބަހުސަކަށް މިކަން ދިއުމުން ބައިސްކޯފުން ވަނީ ޝޯ 29 ވަނަ ދުވަހުގެ ރެއަށް ފަސްކޮށްފައެވެ. އެ ޝޯ އޮންނާނީ އެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި އެރޭ 20:00 އިން 00:00 އަށެވެ. ހަވީރު އޮންނަ ޝޯއަށް ހިލޭ ވަދެވެއެވެ. އެކަމަކު ރޭގަނޑުގެ ޝޯއަށް 150 ރުފިޔާގެ ޓިކެޓެއް ނަގަންޖެހެއެވެ.

އުމުރުން 28 އަހަރުުގެ ޔޮހާނީގެ އަޑުގައި އެތައް ބަޔަކު ޖެހުނީ އޭނާގެ އަޑުން ކިޔާފައިވާ މަނިކޭ މަގޭ ހިތޭ ލަވައާއި އެކުގައެވެ. އޭގެ ކުރިންވެސް އޭނާ ލަވަ ކިޔައެވެ. އެހެން ނަމަވެސް މުޅި ދުނިޔޭގެ ސަމާލުކަން އޭނާ އަށް ލިބިދާނެ ކަމަށް އޭނާ އެއްވެސް ވަރަކަށް ހީވެސް ނުކުރެއެވެ. އޭނާ ވަނީ ލަވަތަކުގެ ރަސްކަން ކުރަމުންދާ އިންޑިއާގެ ބޮލީވުޑަށްވެސް ލަވައެއް ކިޔާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހިޔަޅު
ރީއްޗެއްނޫން ދައްކާ ވާހަކަ، ދަރުހާ ދިމާވާތީކީނޫން ވިއްސާރަވެ މީހުން ދާލެއްމަދުވާނެތީ، ތިއަހެންނަމަ މި ގައުމުގާ މިއޮއްހިންގާ މުންކަރާތްތަކާ ފާހިޝް އަމަލުތަކާމެދު މި ލާދީނީސަރުކާރުން އެންމެ ކުދަވެގެން ނުރުހުމުގެ ބަހެއްވެސް ބުނީސްތާ، އެކަމާބެހޭގޮތުން ކުއްލި މައްސަލައެއް މަޖުލީހަށް ވެއްދީމާ ބެލީސްތާ، މިލާދީނީ ސަރުކާރުގެ ފުރިހަމަ މެޖޯރެޓީ އޮތީމާ ފާހިޝްކަންތަކަށް ހިތްވަރުދޭކަން ޔަގީންވަމުން މި ދަނީ، މިވަރުގެ ގޮތްކުޑަސަރުކާރަކުން ދަރުހެއް އޮތީމާ ޝޯއެއް ކެންސަކުރާނެތަ؟؟ ދީނީ ކަމެއްގާ މިސަރުކާރަކަށްހަޖަމެއް ނުކުރެވޭނެ ދީނީކަމަގައިގެން ބުންޏަސް އެމީހެއްގެ މޫނުމަތީގާ ބޮޑުތަފާލެއް ޖަހަނީ.