ހަފްލާތަކަށް ފަރުކޮޅުފުށި އަނެއްކާވެސް ކުއްޔަށް ދޭން ފަށައިފި

ހަފްލާތަކަށް ފަރުކޮޅުފުށި އަނެއްކާވެސް ކުއްޔަށް ދޭން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވައްސާގައި ގުޅިފައި އޮންނަ ރިސޯޓް، ފަރުކޮޅުފުށި ހަފްލާތައް ބޭއްވުމަށް ކުއްޔަށް ދޫކުރަން ފަށައިފިއެވެ.

އެޗްޑީސީން ބުނީ، ކައިވެނި ޕާޓީތަކަށާއި، އެކި ރަސްމިއާޔުތަކަށް އަދި ކުދި ހަފްލަތަކަށްވެސް ފަރުކޮޅުފުށި ކުއްޔަށް ދޫކުރަން ފަށާފައިވާކަމަށެވެ. އެޗްޑީސިޏް ބުނީ ފަރުކޮޅުފުށި ކުއްޔަށްދޭ އުސޫލާއި އަގުތައްވެސް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން 6 ގަޑިއިރު، 12 ގަޑިއިރު އަދި 24 ގަޑިއިރުގެ ޕެކޭޖުތައް ކަނޑައަޅަފައިވާކަމަށް އެޗްޑީސީން ބުންޏެވެ.

2016 ވަނަ އަހަރު ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކާ ފަރުކޮޅުފުއްޓާއި ގުޅުވާލުމަށްފަހު، އެޗްޑީސީން ވަނީ އެކިއެކި ހަފްލާތައް ބޭއްވުމަށް އާއްމުންނަށް އެތަން ދޫކޮށްފައެވެ. އަދި އާއްމު ހަފްލާތަކަށް ފަރުކޮޅުފުށި ދޫކުރުން މެދުކަނޑާލީ ރާއްޖޭގައި ކޯވިޑް 19ގެ ޙާލަތު ގޯސްވުމުގެ ސަބަބުން ކޮވިޑް އައިސޮލޭޝަން ފެސިލިޓީއެއް އެތަނުގައި ގާއިމްކުރުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *