ޔޮހާނީގެ ޝޯއެއް މިމަހު 28 ގައި ރާއްޖޭގައި

ޔޮހާނީގެ ޝޯއެއް މިމަހު 28 ގައި ރާއްޖޭގައި

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2022 08:30
0

ސިންހަޅަ ބަހުން ކިޔާފައިވާ "މަނިކޭ މަގޭ ހިތޭ" ލަވައިން ދުނިޔޭގެ މަޝްހޫރުކަން ހޯދި ޔޮހާނީ ޑި ސިލްވާ ރާއްޖޭގައި ޕާފޯމް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޔޮހާނީ ރާއްޖޭގައި ޕާފޯމް ކުރާނެ ކަން އިއުލާނު ކޮށްފައި ވަނީ ބައިސްކޯފް އިންނެވެ. އެގޮތުން ބައިސްކޯފްގެ "ޗަނާޗާ 2022″ގައި އޭނާ ޕާފޯމް ކުރާނެ ކަމަށް ބައިސްކޯފް އިން ވަނީ ބުނެފައެވެ.

ބައިސްކޯފް އިން އާއްމު ކުރި ވީޑިއޯ ކްލިޕެއްގައި ވަނީ ޔޮހާނީ މަނިކޭ މަގޭ ހިތޭ ލަވަ ކިޔާތަނެވެ. އަދި އޭނާ ޗަނާޗާ 2022 ޕްރޮގްރާމްގައި ޕާފޯމް ކުރާނެ ކަމަށް ބުނެފައި ވެއެވެ. މި ޝޯވ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު ހުޅުމާލެ ޓްރެކް ދަނޑުގައެވެ.

"މަނިކޭ މަގޭ ހިތޭ" ލަވައިގެ އޮރިޖިނަލް ލަވަ ރިލީޒްކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. އުމުރުން 28 އަހަރުުގެ ޔޮހާނީގެ އަޑުގައި އެތައް ބަޔަކު ޖެހުނީ އޭނާގެ އަޑުން ކިޔާފައިވާ މަނިކޭ މަގޭ ހިތޭ ލަވައާއި އެކުގައެވެ. އޭގެ ކުރިންވެސް އޭނާ ލަވަ ކިޔައެވެ. އެހެން ނަމަވެސް މުޅި ދުނިޔޭގެ ސަމާލުކަން އޭނާ އަށް ލިބިދާނެ ކަމަށް އޭނާ އެއްވެސް ވަރަކަށް ހީވެސް ނުކުރެއެވެ.

އެހެން ނަމަވެސް އޭނާގެ އަޑުގައި އެތައް ބަޔަކު ޖެހިއްޖެއެވެ. އޭނާއަށް އެތައް ގައުމެއްގައި ލަވަ ހުށަހެޅުމުގެ ފުރުސަތު ލިބިއްޖެއެވެ. އަދި ލަވަތަކުގެ ރަސްކަން ކުރަމުންދާ އިންޑިއާގެ ބޮލީވުޑަށްވެސް އޭނާ ލަވައެއް ކިޔާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.