ޒުވާން ބަތަލާ އިންނާ އެކުގައި އުމުރުން ދުވަސްވީ އެކްޓަރުން ފިލްމު ކުޅުމާއި އިޝްތިހާރު ކުޅުމުން މީގެ ކުރިންވެސް ވަނީ އެފަދަ އެކްޓަރުންނަށް ގިނަ ބައެއްގެ މަލާމާތް ރައްދުވެފައެވެ.
ބޮލީވުޑްގެ މިހާރުގެ ގިނަ ފިލްމުތަކުގައި ނަގާކިޔާ އެންމެ ނުފޫޒު ގަދަ އެކްޓަރުން އެމީހުންނަށްވުރެ އެތައް ތަނެއް ހަގު ބަތަލާއިންނާއި އެކުގައި ފިލްމު ކުޅޭތީ އެކަން ބަލައިގަންނަން ބެލުންތެރިންނަށް ވަރަށް އުނދަގުލެވެ.
ސޯޝަލް މީޑިއާގައި މިހާރު އެންމެ ގަދައަށް ދެކެވުން އަންނަ އެއް ވާހަކައަކީ އާމިރު ޚާން އޭނާ އަށް ވުރެ 27 އަހަރު ހަގު ބަތަލާ ކިއާރާ އަދުވާނީ އާއެކުގައި އިޝްތިހާރަކުން ފެނިގެން ދިޔަ ވާހަކައެވެ. އެ އިޝްތިހާރުގައި މައްސަލަ އަކަށްވީ ކިއާރާ އާއި އާމިރަކީ ދެމަފިރިންގެ ގޮތުގައި ދެއްކުމެވެ.
މިއީ އިންޑިއާގެ އޭޔޫ ސްމޯލް ފައިނޭންޝަލް ބޭންކްގެ އިޝްތިހާރެކެވެ. މީގައި ފެންނަނީ އާމިރު ޚާނާއި ކިއާރާ އަދުވާނީ ކައިވެނި ކޮށްގެން ނިކުމެ އެމީހުންގެ ކާރުގައި ތިބެގެން ވާހަކަ ދައްކާ ތަނެވެ. މި އިޝްތިހާރު ދައްކަން ފެށުމާއިއެކުގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އަދި ހަމަ އެހެންމެ ގިނަ ބައެއްގެ ފާޑު ކިއުންވެސް ވަނީ އަމާޒުވެފައެވެ.
ހަމަ އެހެންމެ ކާމިޔާބު ފިލްމު "ދަ ކަޝްމީރު ފައިލްސް" ގެނެސްދިން ޑައިރެކްޓަރު ވެސް ވަނީ މި އިޝްތިހާރަށް ފާޑުކިޔާފައެވެ. އޭނާ ބުނެފައިވަނީ މި އިޝްތިހާރުގައި ވަރަށް ބޮޑަށް ހިންދޫންގެ އާދަކާދައަކަށް ފުރައްސާރަކޮށްފައިވާކަމަށެވެ.
I just fail to understand since when Banks have become responsible for changing social & religious traditions? I think @aubankindia should do activism by changing corrupt banking system.
Aisi bakwaas karte hain fir kehte hain Hindus are trolling. Idiots.pic.twitter.com/cJsNFgchiY— Vivek Ranjan Agnihotri (@vivekagnihotri) October 10, 2022
މިއީ އަމިރާއި ކިއަރާ ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. މިއަހަރު އެންމެ ކާމިޔާބު އެއް ފިލްމު ކަމުގައިވާ "ބޫލް ބުލައްޔާ 2″ ގެ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ "ގޯވިންދާ ނާމް މެރާ" އެވެ. އާމިރު އެންމެ ފަހުން ފެނިގެން ދިޔައީ މާބޮޑު ކާމިޔާބެއް ނުލިބުން ފިލްމް "ލާލް ސިންގް ޗައްޑާ"އިންނެވެ.