އިޖާޒް އާއި ޕަވިތުރަ އެންގޭޖް ވެއްޖެ

އިޖާޒް އާއި ޕަވިތުރަ އެންގޭޖް ވެއްޖެ

Author
ފާތިމަތު ނާވީ
10 އޮކްޓޯބަރ 2022 11:33
0

ކަލާސް ޗެނަލްގެ ރިއަލިޓީ ޝޯވ "ބިގް ބޮސް" ސީޒަން 14 ގައި ވާދަކުރި އިރު ލޯބީގެ ގޮތުން ގުޅުނު އިޖާޒް ޚާނާއި ޕަވިތުރަ ޕުނިއާ އެންގޭޖް ވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުން މިދެމީހުން އެންގޭޖް ކުރިކަން އިއުލާން ކޮށްފައިވަނީ އިންސްޓްގާމްގައިއެވެ. އިންސްތަގްރާމްގެ ސްޓޯރީގައި ހިއްސާ ކުރި ފޮޓޯއެއްގައި ޕްވިތްރާ ވަނީ އޭނާގެ އިނގިލީގަިއ އިން އަންގޮޓި ފެންނާނެ ހެން ދައްކައިލައިގެން ވަރަށް އުފަލުންނެވެ.

މީގެ އިތުރުން އިޖާޒް ވަނީ އޭނާގެ އިންސްތަގްރާމްގައި އެމީހުން އަންގޮޓިއާއި އެކުގައި އިން ފޮޓޯތަކެއް ހިއްސާ ކޯށްފައިއެވެ. އަދި ކައިވެންޏަށް އާބަސް ބުނި ކަމަށްވެސް މި ޕޯސްޓްގައި ވެއެވެ.

 

View this post on Instagram

 

A post shared by Eijaz Khan (@eijazkhan)

އެމީޙުން ރައްޓެގިވެގެން އުޅޭ ހަބަރު އިއުލާން ކުރީންސުރެ އުޅެމުން އަންނަނީ އެއް ގެއްގައި އެކުގައިއެވެ. މިދެމީހުންވެސް މިހާރު ސްކްރީނުން ފެންނަލެއް ވަރަށް މަދެވެ.

ވަރަށް ލޯބިން އުޅޭ މި ޖޯޑު ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި ދެމީހުން އެކަކު އަނެއްކެއްގެ ފޮޓޯ ހިއްސާކޮށް ވަރަށް ތައުރީފް ކުރެއެވެ.

 

View this post on Instagram

 

A post shared by Pavvitra Punia (@pavitrapunia_)

ދެމީހުން ގެ ލޯބީގެ ފެށުމަކީ "ބިގް ބޮސް"ގެ ގެއެވެ. ރައްޓެހި ވުމުގެ ކުރިން މިގާގައި ހޭދަކުރި މުއްދަތުގައި ދެމީހުން އެކަކު އަނެއްކަކާއި ވަރަށް ޒުވާބް ކޮށް އެކަކުން އަނެއްކަކު ގަޔަށް އަތްލާ ހިސާބަށް ވެސް ގޮަސްފައި އެބަހުއްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.