ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރ. އަތޮޅަށް

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރ. އަތޮޅަށް

Author
ޢަލީ އާދަމް
08 އޮކްޓޯބަރ 2022 01:45
0

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެއަތޮޅު އިނގުރައިދޫއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އިނގުރައިދޫގެ އިތުރުން އިންނަމާދޫ، މާކުރަތު އަދި ދުވާފަރަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

މިރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި ސިއްޙީމަރުކަޒުތަކަށާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާނެއެވެ. މީގެ އިތުރުން ރ. ދުވާފަރުގައި އޮންނަ "ރ. ޓޫރިޒަމް އެކްސްޕޯ 2022″ ގެ އެވޯޑު ދިނުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ރ. ވަންދުއަށްވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރ.އަތޮޅަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރިމާލެ ވަޑައިގަންނަވާނީ މާދަމާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.