ތިމާވެއްޓާއި ރައްޓެހި އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާގޮތަށް ރާއްޖޭގައި ބިނާކުރާ ފުރަތަމަ މިސްކިތުގެ ބިންގާ އަޅައިފިއެވެ. ސަރުކާރުފެ ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރޭގައި ހިމަނާއިގެން މި މިސްކިތަކީ ހއ. ތުރާކުނުގައި އިމާރާތްކުރާ މިސްކިތެކެވެ.
މިގޮތުން މި މިސްކިތުގެ ގްރީން ކޮންސެޕްޓުގެ ދަށުން، ކަރަންޓުގެ ޚަރަދު ކުޑަކުރުމަށްޓަކާ މިސްކިތުގައި ސޯލާ ޕެނަލްތައް ހަރުކުރެވިގެން ދާއިރު، މިސްކިތުގެ ފުރާޅުން ނަގާ ވާރޭފެން ރައްކާކޮށް، އެ ފެނުގެ ބޭނުން ކުރާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
މިމިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އިތުރުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއާއި ތުރާކުނު ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލްގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
ތުރާކުނުގައި ދެ މިސްކިތެއްގައި ނަމާދުކުތާއިރު، މީގެ ތެރެއިން އެއް މިސްކިތަކީ ވަގުތީ މިސްކިތެކެވެ.
ކޮމެންޓު ފޮނުވާ