ރައީސް ސާލިހު ބަޓެލްކޯގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ރައީސް ސާލިހު ބަޓެލްކޯގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

Author
ހުސެއިން
07 އޮކްޓޯބަރ 2022 07:26
0

ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާއި ރައީސް ސާލިހު މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމުގައި، ރައީސް ސާޅިހުގެ އަރިހުގައި ބަހުރެއިނަށް ވަަޑައިގެންނެވި ވަފްދުގެ ބޭފުޅުންގެ އިތުރުން ދިރާގުގެ ސީއީއޯ ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާޢީލް ރަޝީދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ސާލިހު ވަނީ ބަޓެލްކޯއިސްވެރިންނާއި އެކީ، ބަހުރެއިންއިން ރާއްޖެއަށް އިގްތިސާދީގޮތުން މަގުފަހު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއެރުމަށް ބަޓެލްކޯގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށްޓަކާ އެކުންފުނީގެ އިސްވެރިންނަށް ރައީސް ސާލިހު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގަި ރައީސް ސާލިހު ދެއްކެވި ވާހަފުޅުތަކުގައި ތެރޭގައި އިންޓަރނެޓް އަގުހެޔޮކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމުގައި ވިދާޅުވެފައި ވެއެވެ. އަދި މި ލަނޑުދަޑި ހާސިލްކުރުމަށް ބަޓެލްކޯގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ރައީސް ސާލިހުވަނީ އެ ކުންފުންޏަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މީގެ އިތުރުން މަ ދަތުރުގައި ދެގައުމުގެ ދެމެދުގައި ސައިބަރ ސެކިއުރިޓީގެ އެއްބަސްވުމުގެ ޒަރީއާއި ސައިބަރ ސެކިއުރިޓީއާއި އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅުން ބަދަހިވެގެން ދާނޭކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މިބައްދަލު ކުރެއްވުމުގައި ބަޓެލްކޯގެ ޗެއާމަން، ޝައިޚް ޢަބުދުﷲ ބިން ޚަލީފާ އަލް ޚަލީފާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ކޮންމެ އިޤުތިޞާދެއްގެ ބިންގަލަކީވެސް، ޓެކްނޮލޮޖީ ކަން ފާހަގަ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ބަޙްރައިންއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގެ ތެރެއިން ދިރާގާއި ބަޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ، ލިބިވަޑައިގެންނެވި ފަޚުރެއްކަމަށްވެސް އެކުންފުނީގެ ވެރީން ވިދާޅުވެފައި ވެއެވެ.

ރައީސް ސާލިހު ބަހުރެއިންއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ވަނީ ދިރާގާއި ބަޓެލްކޯއާއެކީ މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގައި ސޮއި ކޮށްފައެވެ. މި ރަސްމިޔާތުގައި ރައީސް ސާލިހާއި ބަޙްރައިންގެ ފޮރިން މިނިސްޓަރ ޢަބުދުއްލަޠީފް ބިން ރާޝިދު އަލް ޒަޔާނީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.