ރިޔާސީ އިންތިޚާބަކީ ދެފުށްފެންނަ މިނިވަން އިންތިޚާބަކަށް ވާންޖެހޭނެ: ނަޝީދު

ރިޔާސީ އިންތިޚާބަކީ ދެފުށްފެންނަ މިނިވަން އިންތިޚާބަކަށް ވާންޖެހޭނެ: ނަޝީދު

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ ދެފުށްފެންނަ ސުލްހަވެރި އިންތިޚާބަކަށް ވާންޖެހޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތާއި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރައީއަކީ ދެނެގަނަން އުނދަގޫ މަފްހޫމެއް ނުވަތަ ފަލްސަފާއެއް ނޫންކަމަށެވެ. އެންމެންގެ ބައިވެރިވުމާއި، ރައްޔިތުންގެ އެދުމާއި އުންމީދުތަކާއި އެކީގައި ރައްޔިތުންގެ އުންމީދުތައް ހާސިލްކުރުމަށް ވެރިކަން ހިންގުމުގެ ނިޒާމަކީ ޑިމޮކްރަސީކަމަށެވެ.

އެކަކު އަނެކަަކަށް އިހުތިރާމްކޮށް، އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމާއި، ދިރިއުޅުމުގައި މާދަމައަކީ އަނެއްމީހާއަށް އުފާވެރި ދުވަހަކަށް ހެދުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ޑިމޮކްރަސީގެ އަމާޒަކީ ރައްޔިތުންގެ ރުހުމާއިއެކު ވެރިކަން ކުރުންކަމަށާއ، ރާއްޖޭގައި އެއީ އެހާފަސޭހަ ކަމެއްނޫން ކަމަށް ވިދާޅުވެ މާޒީގައި ވެރިކަން ހިނގައިދިޔަ ގޮތަށް އެމަނިކުފާނު ވަނީ އަލި އަޅުވާލާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރަސީގެ އެންމެ ބޮޑު ބާރަކީ ރައްޔިތުންގެ އިހުސާސްތަކާއި ވިންދާއި އެއްގޮތަށް ރައްޔިތުންގެ ވޯޓަކުން އިންތިޚާބުވާ ވެރިކަމުގެ ނިޒާމެއް އޮތުންކަމަށެވެ. ވެރިކަމަށް އިންތިޚާބު ކުރާ މީހުންނަކީ ރައްޔިތުންގެ ގިނަ އުންމީދުތަކާއި، ހާސިލް ކުރަން ބޭނުންވާ ކަންތައްތަކާއިއެކު ވެރިކަމާއި ހަވާލުވާ ބަޔަކަށްވާއިރު އެކަން އަބަދުމެ ހަދާންކުރަންޖެހޭނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ވެރިކަމުގައި ބަސްބުނުމުގެ ފުރުސަތު ކޮންމެ ފަސްއަހަރަކުން އެއްފަހަރު ލިބިދޭ ގޮތަށް ޤާނޫނު އަސާސީ ބަޔާންކޮށްފައިވާކަމަށެވެ. އެޖާގަ އަނެއްކާވެސް އަންނަ އަހަރު ރައްޔިތުންނަށް ލިބޭއިރު، ރައްޔިތުންނަށް މިނިވަންކަމާއި އެކު ވޯޓުލެވޭނެ މަގު ތަނަވަސް ވާންޖެހޭކަމަށެވެ.

ދާދި އަވަހަށް މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިޚާބު އޮންނާނެ. އެއިންތިޚާބަކީ މިނިވަން އިންތިޚާބަކަށްވުން ވަރަށް ވަރަށް ބޭނުން. ދެފުށްފެންނަ ސުލްހަވެރި އިންތިޚާބަކަށް ވާންޖެހޭނެ. ދިވެހި ރާއްޖޭގެ ޤާނޫނު ތަންދޭ ހުރިހާ އެންމެނަށް އެއިންތިޚާބުގައި ބައިވެރި ވެވޭނެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެމީހުން އެދޭގޮތަކަށް އެއިންތިޚާބުގައި ވޯޓު ދެވޭނެ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަށް ކުރަމުްދާ ދަތުރުގައި އެންމެ މުހިންމު ދައުރެއް އޮތީ ނުހައްގުން އަނިޔާލިބުނު ފަރާތްތަކާއި، މިގޮތް ހޯދަން އެންމެ ބޮޑަށް ވަކާލާތު ކުރި މީހުންގެ ކަމުގައެވެ. އެމީހުން ނުހަގު އަނިޔާތަކާއި ޖަލުގެ ކުޑަގޮޑި އިހުތިޔާރު ނުކުރިނަމަ މިއަދު ރައްޔިތުންގެ ނިންމުމާއި ރައްޔިތުންގެ އުންމީދުތަކާއިއެކު ވެރިކަން ކުރެވޭނެ މަގެއް ތަނަވަސް ނުވީސްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޜިޔާސީއިނތިހާބުރަނގަޅައްގެންދެވިއްޖެނަމަަ މުހަމަދުނަސީދުއްނި
    ޚުރިމަތިލަވާޔްފިނަމަަ ސޯލިހުކަޓާނޭކަނޔަގީން
    ޜައިސްމުހަމަދުނަސީދަކީދިވެހިރަޔްް ޔަތުނގެހިއްތަކުގެޢުމީދު
    ނަސީދުބުނުވިޔަސްޢެންޑީފީގެމީހުއްސޯލިހަކައްވޯޓެނުދޭނެކަންޔަގީނ

Leave a Reply

Your email address will not be published. Required fields are marked *