ހާލަންޑްގެ ދެގޯލާއެކު ސިޓީއަށް ފަސޭހަ މޮޅެއް

ހާލަންޑްގެ ދެގޯލާއެކު ސިޓީއަށް ފަސޭހަ މޮޅެއް

Author
މުޙައްމަދު ޝަޒައިމް
06 އޮކްޓޯބަރ 2022 11:53
0

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައި އެފްސީ ކޯޕެންހޭގަންއާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. ސިޓީން ވަނީ ރޭގެ މެޗުގެ ފުރަަތަމަ ހާފުގައި ކޯޕެންހާގެން ކޮޅަށް ތިން ގޯލު ޖަހައިފައެވެ. މި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ހާލަންޑްއެވެ. އަނެއް ލަނޑަކީ ސިޓީގެ ސާޖިއޯ ގޯމޭޒް ޖެހި ޝޮޓެއް، ދިފާއުކުރަން އުޅުމުގެ ތެރޭގައި ކޯޕެންހާގެންގެ ޑޭވިޑް ކޮޗޮލާވާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި މެޗުގައި ހާލަންޑް ޖެހި ދެ ގޯލާ އެކު އޭނާ މި ވަނީ ސިޓީ އަށް ފުރަތަމަ ކުޅެދިން 12 މެޗުން 19 ގޯލު ޖަހައިފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ 22 މެޗުން މި ވަނީ 28 ގޯލު ޖަަހައިފައެވެ.

މިމެޗްގައި ސިޓީގެ ހަތަރުވަނަ ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ރިޔާދު މަހްރެއިޒްއެވެ. އަދި ފަހު ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހޫލިއަން އަލްވަރޭޒްއެވެ. މިމެޗްގައި ސިޓީއިން ވަނީ ކޯޕެންހޭގަންގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މިހުރިހާ ހަމަލާއެއްވެސްވަނީ އެޓީމްގެ ކީޕަރ ކަމީލް ގްރަބާރާ ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ސިޓީއިން މިވަނީ މިހާތަނަށް ކުޅުނު ތިންމެޗް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގާ ފައި ހަރުކޮށްލާފައެވެ. އަދި ކޯޕެންހޭގަން އުޅެނީ އެއް ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.