ތައުލީމީ ކަންކަމުގައި އެއްބާރުލުން ދިނުމަށް އެވިޑް ކޮލެޖާއި ކޮއްކޮމެން ޕްރީ ސްކޫލް އެއްބަސްވުމަކަށް

ތައުލީމީ ކަންކަމުގައި އެއްބާރުލުން ދިނުމަށް އެވިޑް ކޮލެޖާއި ކޮއްކޮމެން ޕްރީ ސްކޫލް އެއްބަސްވުމަކަށް

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2022 06:25
0

އެވިޑް ކޮލެޖާއި ކޮއްކޮމެން ޕްރީ ސްކޫލާ ދެމެދު ތައުލީމީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ކޮއްކޮމެން ޕްރީ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްގެ ޗެއާމަން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ކޮލެޖްގެ ފަރާތުން ސޮއިކުރެެއްވީ ކޮލެޖްގެ ޗެއާމަން މުސްތާޤެވެ. މިއަދު މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ބައްދަލުވުމުގައި ދެ މުއައްސަސާގެ އިސްވެރިން ބައިވެރިވިއެވެ.

މި އެއްބަސްވުމުގެ ދަށުން ސްކޫލްގެ މުވައްޒަފުންނަށް ހިލޭ ތަމްރީނު ދިނުމުގެ އިތުރުން ކޮލެޖްގެ ޕްރޮގްރާމްތަކުގައި ކިޔަވަން ބޭނުންވާ، މިސްކޫލްގެ މުވައްޒަފުންނަށް %15 ޑިސްކައުންޓެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ސްކޫލަށް ކޮލެޖުންވަނީ މިއަދު ސްކޮލަރޝިޕެއް ދެއްވާފައެވެ.

މިއެއްބަސްވުމުގެ ދަށުން ކޮލެޖްގައި އާރލީޗައިޑްހޫޑް އެޑިއުކޭޝަން ދާއިރާއިން ތަޢުލީމު ޙާޞިލުކުރާ ފަރާތްތަކަށް ސްކޫލުން ތަމްރީނު ލިބިގަތުމުގެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.