އައްޑޫސިޓީ ހިތަދޫން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުނުން ބުނެފައިވަނީ ގެއްލިގެން ހޯދަމުން ދަނީ އުބައިދު ހަސަން (28އ) ކަމަށެވެ. ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ކަމަށެވެ. އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއްކަމަށް ފުލުުހުނ ބުނެފައިވެއެވެ.
އެންމެ ފަހުން ފެނިފައިވަނީ 2022 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ހިތަދޫ ގުރައިޝާމަންޒިލް ގެ ކައިރިން ކަމަށާއި، އުބައިދު ހަސަނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނަންބަރު 9791612 އަށް ގުޅުއްވުން ފުލުހުން ވަނީ އެދިފައެވެ.
އައްޑޫސިޓީ ހިތަދޫން މީހަކު ގެއްލިގެން ހޯދަނީ
– އުބައިދުﷲ ހަސަން (28އ) ގެއްލިގެން ރިޕޯޓުކޮށްފައިވަނީ 2022 ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު
– އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއް.
1/2 pic.twitter.com/6idcCVL0gr— Maldives Police (@PoliceMv) October 2, 2022
އުބައިދު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިދިޔަ މަހުގެ މާލެއިން ގެއްލުނު ޒުވާނާ މަރާލާފައި ވަނިކޮށް މިރޭ ވަނީ ފެނިފައެވެ.