ރައީސްއަށް އަރަންޏާއި، ދަރަންޏާ، ރިޒާވަކީ ކޯއްޗެއްކަމެއް ނޭގޭ: އަދުރޭ

ރައީސްއަށް އަރަންޏާއި، ދަރަންޏާ، ރިޒާވަކީ ކޯއްޗެއްކަމެއް ނޭގޭ: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
19 ނޮވެމްބަރ 2020 10:05
0

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ދެއްކެވި ވާހަކަފުޅުން އެމަނިކުފާނަށް އަރަންޏާ ދަރަންޏާ ރިޒާވަކީ ކޯއްޗެއްކަން އޮޅުން ނުފިލާކަން ހާމަވެގެން ގޮސްފައިވަކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން ރައީސް ޞާލިހުގެ މިއަދު ހޯރަފުށީގައި ދެއްކެވި ވާހަތަކާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޞާލިޙުގެ މިއަދުގެ ވާހަކައިން ކަށަވަރުވެގެން ގޮސްފައިވަނީ އެމަނިކުފާނަކީ އިޤްތިޞާދީ ކަންކަމަށް ލޯނުހުޅުވޭ އިޤްތިޞާދަށް އާބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނަށް އިޤްތިޞާދީ ގޮތުން އަރަންޏާއި، ދަރަންޏާއި، ރިޒާވަކީ ކޯއްޗެއްކަންވެސް އޮޅުން ނުފިލާކަން އެމަނިކުފާނުގެ ވާހަފުޅުން ހާމަވެގެން ގޮސްފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި ބޮޑު ކަމަށް ދައްކާ ވާހަކަ ސާފުކޮށް އެނގެން އެބަ ޖެހޭ ކަމަށް ވިދާޅުވެ ދަރަންޏާ ގުޅުވައި އިދިކޮޅުން މި ސަރުކާރަށް އަމާޒުކުރާ ފާޑުކިއުންތަކަށް ރައީސް ވަނީ މިއަދު ރައްދު ދެއްވާފައެވެ. ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގެ ދަރަނި އޮތި 26 ބިލިއަން ރުފިޔާގައި ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން 2018 ގައި ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 60 ބިލިއަން ރުފިޔާގައި ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫނެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހަތަރު ބިލިއަން ރުފިޔާ ޖަހާފައި އޮތީ ކުރީގެ ސަރުކާރުތަކުން ނެގި ދަރަނިތައް ދެއްކުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ދަރަނިތައް މި ސަރުކާރަށް ވާރުތަވިއިރު ދައުލަތުގެ ރިޒާވުގައި ފައިސާ ނެތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫނެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހަތަރު ބިލިއަން ރުފިޔާ ޖަހާފައި އޮތީ ކުރީގެ ސަރުކާރުތަކުން ނެގި ދަރަނިތައް ދެއްކުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދަރަނިތައް މި ސަރުކާރަށް ވާރުތަވިއިރު ދައުލަތުގެ ރިޒާވުގައި ފައިސާ ނެތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.