ށ.މާއުނގޫދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި، އިތުރު ތިން ރަށެއްގެ އަންހެނުންގެ ތަރައްޤީގެ މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަން ފަށައިފިއެވެ.
މިއަދު ހެނދުނު 8 ޖެހިއިރު ވޯޓުލުން ފަށާފައިވާއިރު މިއިންތިޚާބުތަކުގައި މިހާތަނަށް ވޯޓުލާފައިވަނީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ މީހުންނެވެ. މާއުނގޫދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ އިތުރުން މިއަދު ދެން ކުރިއަށްދާ އިންތިޚާބު ތަކަކީ ރ.ރަސްމާދޫ، ތ.ގުރައިދޫ، އަދި ލ.ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.
ވޯޓުލުން ކުރިއަށްދާނީ ހަވީރު 4 ޖެހުމާއި ހަމައަށެވެ. މިހަތަރު އިންތިޚާބުގައި ވޯޓުލުމަށް 6 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. މީގެ ތެރެއިން މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށި ބަހައްޓާފައިވަނީ އިމާދުއްދީން ސްކޫލަށެވެ.
މިހާރު ކުރިއަށްދާ ށ.މާއުނގޫދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ރ.ރަސްމާދޫ، ތ.ގުރައިދޫ، އަދި ލ.ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި 12:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް! pic.twitter.com/iI8nO50cJV
— Elections Commission (@ElectionsMv) October 1, 2022
މިއަދު ހަތަރު ރަށެއްގައި ވޯޓުލުން ކުރިއަށްދާއިރު މިމަހުގެ 22 ވަނަ ދުވަހު ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ވ. ތިނަދޫއާއި އެ އަތޮޅު ފެލިދޫއާއި، ހއ. ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބެވެ. މީގެ ތެރެއިން ތިނަދޫ އަންހެނުންގެ ކޮމިޓީއަށް 5 މެމްބަރުން އައްޔަންކުރަން ޖެހޭއިރު އެހެން ރަށްތަކަށް ހޮވަން ޖެހެނީ އެންމެ މެމްބަރެކެވެ.
ކޮމެންޓު ފޮނުވާ