ދުނިޔޭގެ ޒީނަތްތެރިކަމުގެ އަވާގައި ޖެހި، އާޚިރަތް ހަދުމަނެތިކުރާ ބަޔަކަށް ވެގެން ނުވާނެ: ޚުތުބާ

ދުނިޔޭގެ ޒީނަތްތެރިކަމުގެ އަވާގައި ޖެހި، އާޚިރަތް ހަދުމަނެތިކުރާ ބަޔަކަށް ވެގެން ނުވާނެ: ޚުތުބާ

ދުނިޔޭގެ ޒީނަތްތެރިކަމުގެ އަވާގައި ޖެހި އާޚިރަތް ހަދުމަނެތިކުރާ ބަޔަކަށް ނުވުމަށާއި ފެންނާން އޮތް އެންމެބޮޑު ހަގީގަތް ކަމުގައިވާ މަރާމެދު އާފިލް ނުވުމަށް މިއަދު ހުކުރު ޚުތބާގައި ގޮވާލައްވައިފިއެވެ.

މާތްﷲ ޚަލްގު ކުރައްވާ ޚަލްގު ކުރެއްވި ކޮންމެ މަޚުލުގަކީވެސް މަރުގެ ރަހަ ދެކި ފަނާވެދާނެ އެއްޗެއް ކަމަށާއި، މާތްﷲ ވަނީ އެކަލާގެ އަޅުތަކުންގެ އަޖަލު ކަނޑައަޅުއްވާ އައްލަޙުލް މަޙުފޫޡުގައި ލިޔުއްވާފައިކަމުގައިވެސް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

"މަރަށް ތައްޔާރުވުން" މި މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދު ހުކުރު ޚުތުބާގައި ވިދާޅުވެފައިވާ ގޮތުގައި، ﷲ ތައާލާ ކަނޑައަޅުއްވާ ލިޔުއްވާފައިވާ ވާގޮތާއި ކުޑަކޮށްވެސް ތަފާތުވުމެއްނެތި، އަދި ލަސްވުމެއް އަވަސްވުމެއް ނެތި، އެމީހެއްގެ އަޖަލު އެމީހަކާއި ބައްދަލު ކުރާނެއެވެ.

އިންސާނުންގެ ތެރެއިން ޤަތުލުވާ މީހުންނާއި، ޢަރަގުވާ މީހުންނާއި، އެކްސިޑެންޓްތަކުގައި މަރުވާ މީހުންނާއި، އަލިފާނުގެ ހާދިސާތަކާއި އެހެނިހެން ސަބަބުތަކާހެދި މި ދުނިޔެއިން ވަކިވެދާ މީހުންވެސް ވަކިވެގެން އެދަނީ އޭނާގެ އަޖަލު ފުރިހަމަ ކޮށްފައެވެ.

މިއަދު ހުކުރު ޚުތުބާގައި ވިދާޅުވެފައިވައި ވެއެވެ.

ޚުތުބާގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، މަރަށް ހާޒިރުވެފައިވާ ކޮންމެ އިންސާނަކަށްވެސް މަރުގެ ވޭނާއި ކުރިމަތިލާން ޖެހެއެވެ. އަދި ފުރާނަ ހިތްޕެވުމަށް ހާޒިރުވެ ހުންނަވާ މަލާއިކަތާ، މަރަށް ހާޒިރެވެފައިވާ މިހާގެ ވަށައިގެން ތިބޭ މީހުންނަށް ނުފެނާނޭކަން ބަޔާން ކުރައްވަމުން ޚުތުބާގައި ވިދާޅުވެފައިވަނީ، އެހެންނަމަވެސް މަރަށް ހާޒިރުވެފައިވާ މީހާއަށް ކުރިމަތިވަންދާ މަރުގެ ވޭނުގެ އަސަރުތައް އެބައިމީހުންނަ ފެންނާނޭ ކަމުގައެވެ.

ކުޑަވެސް ޝައްކެއް ނެތް ގޮތުގައި ކާފަރުންނާއި ފާޖިރުން، މުއުމިނުންނަށްވުރެ ބޮޑަށް މަރުގެ ވޭނުގައި އުޅޭނެއެވެ. ކާފަރުންނާިއ ފާޖިރުންގެ ރޫޙު އެމީހުންގެ ހަށިގަޑާއި ވެކިވެގެންދާ ވަގުތު، މަލަކުލްމައުތުގެފާނު އެރޫޙާއި މުޚާތަބު ކުރައްވައި ވިދާޅުވާނެއެވެ. އޭ ހުތުރުވެގެންވާ ނަފުސާއެވެ! މާތްﷲގެ ކޯފާގެ ތެރެއަށް ތިބާ ނިކުންނާށެވެ!

ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

ޚުތުބާގައި ވިދާޅުވެފައިވާ ގޮތުގައި ކާފަރުން މަރާއި ބައްދަލުވާ ވަގުތު ދެވަފަނަ ފަހަރަށް ދުނިޔެއަށް ފޮނުއްވާނޭ ނަމައޭ ހިތަށް އަރާނެއެވެ. އަދި މަލާއިކަތުން މަރުވާ މުއުމިން އަޅުންގެ ގާތަށް ވަޑައިގެން މާތްﷲ ދެއްވާފައިވާ އުފާވެރިކަމުގެ ޚަބަރު ދެއްވުމުން، އެއަޅާގެ ކިބައިން އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ސިފަތަށް ފާޅުވާނެކަމުގައިވެސް ޚުތުބާގައި ބަޔާން ކުރައްވާފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.