ހޯރަފުށީ އެއަރޕޯޓަކީ ލާމަރުކަޒީކުރުމުގެ ދަތުރުގަ ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް: ރައީސް

ހޯރަފުށީ އެއަރޕޯޓަކީ ލާމަރުކަޒީކުރުމުގެ ދަތުރުގަ ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް: ރައީސް

Author
މުޙައްމަދު ޖިމީ
19 ނޮވެމްބަރ 2020 06:24
0

ތަނެއް ތަރައްޤީވެ ކުރިއަރައި ދިޔުމަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ ދަތުރުފަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިއޮތުންކަމަށާއި، މިއީ މިސަރުކާރުން ލާމަރުކަޒްކުރުމުގެ ދަތުރުގައި އެޅި މުހިންމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް ޞޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓް ހުޅުވުމާ ހަމައަށް އެރަށުގެރައްޔިތުން ބައިވެރިވި މިންވަރާ ޝާމިލްވި މިންވަރަކީ ލާމަރުކަޒީކުރުމަށް ލިބޭ ހިތްވަރެއްކަމަށެވެ. އެގޮތުން އެއަރޕޯޓް ސަރަހައްދުގައި ގަސް އިންދުމާ ހިއްކި ސަރަހައްދު އެއްވަރުކުރުމާ، ރަންވޭ ރޮނގުތައް ކުރެހުންފަދަ ކަންކަމުގައި މިމަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބުނުް އެއބާރުލުން ރައީސް ފާހަގަކުރެއްވިއެވެ.

މިއީ ހޯރަފުށީ ރައްޔިތުންގެ ބައިވެރިވުން އޮވެގެން ތަރައްޤީކުރި އެއަރޕޯޓެއް. ހޯރަފުށްޓަކީ އާދަޔާ ޚިލާފް އުފެއްދުންތެރި ވިސްނުމެއް ގެންގުޅޭ ބައެއް. ޢިލްމީ ތަހުޒީބީ ބައެއް. މި އެއަރޕޯޓަކީ ހޯރަފުށީގެ އިތުރުން އިހަވަންދިއްޕޮޅުގެ ރައްޔިތުންގެ އުއްމީދެއް.

-ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓަކީ ލާމަރުކަޒްކުރުމުގެ ދަތުރުގައި މިސަރުކާރުން އެޅި ފިޔަވަޅެއްކަމަށެވެ. މިއީ މުޅި އިހަވަންދިއްޕޮޅު ތަރައްޤީކުރުމުގެ ފެށުންކަމަށާއި، އެސަރަހައްދުގެ ރައްޔިތުން ޤަބޫލުކުރާ ތަރައްޤީ ގެނެސްދޭނެ އުއްމީދެއްކަމަށެވެ. އެަރޕޯޓާއެކީ އެސަރަހައްދުން ވަޒީފާގެ ފުރުޞަތު ތަނަވަސްވާނެކަމަށާއި، އެއރަޕޯޓް އިތުރަށް ފުރިހަމަވާއިރު އެސަރަހައްދުގެ އެހެން ރަށްރަށުގެ ރައްޔިތުންނށް ފަސޭހަ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާލުވީ އެރަށުން ބިންދޫކުރުމަށް ޕްލޭނިން މިނިސްޓްރީއަށް މިދިޔަ ހޯމަދުވަހު ހުއްދަދީފައިވާކަމަށެވެ.

ރަށު ތަރައްޤީއާކު ބިން އަަވަހަށް ދޫކުރުމަށް ކައުންސިލަށް ގޮވާލަން. މިޙާތަނަށް ފަތުރުވެރިކަން ފުރުޞަތު ނެތަސް މިއެރޕޯޓާއެކު ވަރަށް ފަހި ފުރުޞަތުތަކެއް ތަނަވަސްވާނެ. ކެލާގައި ޓޫރިސްޓް ހޮޓެލެއް 8 ލައްކަށް އަކަފޫޓަށްވުރެ ބޮޑު ބިމެއް ވާނީ ހުޅުވާލާފަ. އުލިގަމުގައި ޔޮޓް މެރިނާ ތަރައޤީކުރުމަށް ބީލަމަށްލާފަ. އުލިގަމު ބަނދަރަށް ޔޮޓުންނަ ނަގާފީ ވާނީކުޑަކުރެވިފައި.

-ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ ދިއްދޫގެ ދެކުނުން އޮންނަ އަލިދުއްފަރު ރިސޯޓެއް ގޮތުގައި ތަރައްޤީކުރާނެކަމަށެވެ. އަދި ހދ. ށ ނ.އަތޮޅުގެ ބައެއް ރަށްތައް ފަތުރުވެރިކަމަށް ދޫކުރާނެކަމަށެވެ. ފަތުރުވެރިކަން ލާމަރުކަޒު ކުރާއިރު އެންމެ މުހިންމީ ހަނިމާދޫ ބައިނަލްއަޤްވާމީ އެއަރޕޯޓް ތަރައްޤީކުރުންކަމަށާއި، ވަރަށް ހަނިމާދޫ އެއަރޕޯޓް ތަރައްްީކުރުން އަވަހަށް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއައެކު ބޭރުގެ ފްލައިޓްތަކުން އަންނަ ފަތުރުވެރިން ސީދާ ތިލަދުންމައްޗަށް ފައިބާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ގިނަ މަޝްރޫޢުތަކެއްއް ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.