"ޚަތުރޯން ކޭ ކިލާޅީ" ކާމިޔާބް ކުރީ ތުޝާރު

"ޚަތުރޯން ކޭ ކިލާޅީ" ކާމިޔާބް ކުރީ ތުޝާރު

Author
ފާތިމަތު ނާވީ
28 ސެޕްޓެމްބަރ 2022 11:47
0

ކަލާޒް ޓީވީން ގެނެސްދޭ ރިއަލިޓީ ޓީވީ ޝޯ "ޚަތުރޯންކޭ ކިލާޅީ" ގެ 12 ވަނަ ސީޒަން ތުޝާރު ކާލިއާ ކާމިޔާބުކޮށްފިއެވެ.

ކޮރެއޯގްރާފަރެއްގެ އިތުރުން ޑާންސް ޝޯތަކުގައި ޖަޖެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ފަންނާނު، މި ޝޯ ކާމިޔާބުކުރުމުން ޓްރޮފީއާ އެކީ އިނާމެއްގެ ގޮތުގައި 20 ލައްކަ ރުޕީސް ވެސް ލިބުނެވެ. އަދި ހަމަ އެއާއެކުގައި ކާރެއްވެސް ވަނީ ލިބިފައެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

އާދީއްތަ ދުވަހުގެ ރޭ ކަލާޒް އިން ގެނެސްދިން ކުލަގަދަ ފިނާލޭ އެޕިސޯޑްގައި ތުޝާރު "ޚަތުރޯން ކޭ ކިލާޅީ 12″ ގެ ޓްރޮފީ އުފުލާލި އިރު، ފިނާލޭ ގައި އޭނާ އާއެކު 5 ބައިވެރިން ވާދަ ކުރިއެވެ. އެއީ ފައިސަލް ޝައިހް (ފައިސޫ) އާއި މޯހިތު މަލިކާއި ރުބީނާ ދިލައިކްގެ އިތުރުން ޖަންނަތު ޒުބައިރެވެ. ދެވަނަ ލިބުނީ ފައިސޫ އަށެވެ.

މި ޝޯ ފަށައިދީފައިވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ރަންވީރު ސިންގް އާއި ޖެކޮލީން ފެނާންޑޭޒް އަދި ޕޫޖާ ހޭގްޅޭގެ ފޯރިގަދަ ނެށުމަކުންނެވެ. އެ ތަރިންނަކި ރޯހިތުގެ ކުރިއަށް އޮތް ފިލްމް "ސާކަސް" އިން ފެނިގެންދާނެ ތަރިންނެވެ.

 

View this post on Instagram

 

A post shared by Rohit Shetty (@itsrohitshetty)

މިޝޯއަކީ މަޝްހޫރު ޑައިރެކްޓަރ ރޯހިތު ޝެއްޓީ ހުށައަޅައިދޭ ޝޯއެކެއެވެ. އެފްރިކާގެ ކޭޕް ޓައުންގައި ކުރިއަށް ގެންދިއަ މި ޝޯ ގައި 14 ބައިވެރިން ވާދަކުރިއެވެ.

"ހަތުރޯން ކޭ ކިލާޅީ" އަކީ އެމެރިކާގެ "ފިއާ ފެކްޓާ"ގެ އިންޑިއާ ވާޝަނެވެ. އެގޮތުން މިޝޯ ގެނެސްދޭން ފެށީ 2008 އިން ފެށިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.