ރަންދީޕް ވެސް ޑައިރެކްޓަރުގެ ގޮނޑިއަށް

ރަންދީޕް ވެސް ޑައިރެކްޓަރުގެ ގޮނޑިއަށް

Author
ފާތިމަތު ނާވީ
28 ސެޕްޓެމްބަރ 2022 05:48
0

ބޮލީވުޑްގެ ކުޅަދާނާ އެކްޓަރ ރަންދީޕް ހޫޑާ ފިލްމެއް ޑައިރެކްޓް ކުރުމާއި ހަވާލުވެއްޖެއެވެ.

މި ފިލްމް އަކީ ރަންދީޕް ލީޑް ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމު "ސްވަތަންތުރާ ވީރު ސަވަރުކާރު" އެވެ.

ޑައިރެކްޓަރު މަހޭޝް މަންޖްރެކަރު ޑައިރެކްޓުކުރަން ކުރިން ހަމަޖެހިފައިވާ މި ފިލްމުގެ ޑައިރެކްޓަރަކަށް ރަންދީޕް ހަމަޖައްސާފައި މިވަނީ މަހޭޝް ފިލްމު ދޫކޮށްލުމުން ކަމަށް ޚަބަރުތަށް ބުނެއެވެ. ނަމަވެސް އޭނާ ފިލްމު ޑައިރެކްޓް ނުކުރަން ނިންމި ސަބަބެއް ހާމަ ކޮށްފައެއް ނުވެއެވެ.

"ސްވަތަންތުރާ ވީރު ސަވަރުކާރު" ގެ ފަސްޓް ލުކް ފެންނަ ޕޯސްޓަރު ދައްކާލައިފާވަނީ އިންޑިއާގެ މިނިވަންކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ސްވަންތުރާގެ 139 ވަނަ އުފަންދުވަސް ކަމަށްވާ މެއި 28 ވަނަ ދުވަހުއެވެ.

 

View this post on Instagram

 

A post shared by Randeep Hooda (@randeephooda)

މި ފިލްމަކީ އާނަންދު ޕަންޑިތު މޯޝަން ޕިކްޗާސް އާއި ލެޖެންޑް ސްޓޫޑިއޯ ގުޅިގެން އުފައްދާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.