"ކޭޓީނާ" އިން ދިޝާ ބޭރުކޮށްލައިފި

"ކޭޓީނާ" އިން ދިޝާ ބޭރުކޮށްލައިފި

2019 ވަނަ އަހަރު ޕްރޮޑިއުސަރ އެކްތާ ކަޕުރު އިއުލާން ކުރި ފިލްމް "ކޭޓީނާ" އިން ދިޝާ ޕަޓާނީ ބޭރުކޮށް، އެހެން ބަތަލާއަކާ އެކު ފިލްމު ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްތާ މިހާރު ވަނީ ދިޝާ ނޫން ބަތަލާ އަކާއި އެކީ "ކޭޓީނާ" ހަދަން ނިންމާފައެވެ. އަދި ފިލްމު އިއުލާން ކުރި ފަހުން ފިލްމާއި ގުޅޭ މާގިނަ ވާހަކަތަކެއް ފަހުން އާންމުކޮށްފަ އެއް ނުވެއެވެ.

އަދި ހަމަ އެހެންމެ ފިލްމު އިއުލާން ކުރިތާ ތިން އަހަރު ވީއިރުވެސް ފިލްްމުގެ މަސައްކަތް ފެށުމުގެ ކޮޅުމަތިވެސް ފެނިފައެއް ނުވެއެވެ. އަދި ހަަމަ އެހެންމެ މީޑިއާއަށް އެއްވެސް ޚަބަރެއް ވެސް ހިއްސާ ކޮށްފައެއް ނުވެއެވެ.

 

View this post on Instagram

 

A post shared by EktaaRkapoor (@ektarkapoor)

މިހާރު ރިޕޯޓްތައް ބުނާގޮތުގައި އެކްތާގެ ފިލްްމަށް އެހެން ބަތަލާ އަކު ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ދެ ތަރިއެއް ޝޯޓް ލިސްޓް ކޮށްފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. އޭގެ ތެރެއިން އެއް ބަތަލާ އަކީ އެކްތާއާއެކު ބައެއް މަސައްކަތްތައް ކޮށްފައިވާ ނުޝްރަތު ބަރޫޗާއެވެ.

ދެވަަނަ ނަމަކީ އަނައްނިޔާ ޕާންޑޭއެވެ. އަނައްނިޔާ އަކީ އެކްތާ ޕްރޮޑިއުސްކޮށް އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ޑްރީމް ގާލް 2″ގެ ވެސް ބަތަލާއެވެ. ނަމަވެސް ފިލްމަށް އަދި މިހާތަނަށް އެހެން ބަތަލާ އަކު ހަމަޖައްސާފައެއް ނުވެއެވެ. އަދި ދިޝާ ފިލްމުން ބޭރު ކުރީ ކީތްވެ ކަމެއް ވެސް ސާފެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Ananya 💛💫 (@ananyapanday)

"ކޭޓީނާ" އަކީ "ޑްރީމް ގާލް" ގެ ޑައިރެކްޓަރ ރާޖް ޝާންޑަލިއާގެ ސްކްރީންޕްލޭއަކަށް އާޝިމާ ޗިބާރް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *